ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑީ ވޯން ކެމެރާއާއި އެކު ޕޮލިސް ރީފޯމްގެ މަސައްކަތްތައް ހަރުދަނާ ވާނެ: އިމްރާން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުން: ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޔުނީފޯމްގައި ބޮޑީވޯން ކެމެރާ ހަރު ކުރުމުގެ ސަބަބުން، މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ގެނައި 200 ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވާއިރު، މިއަދުން ފެށިގެން މާލެ އާއި އައްޑޫގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން މި ކެމެރާ ބޭނުންކުރާނެ އެވެ. މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުން އެ ކެމެރާ ބޭނުންކުރާނެ ގޮތް ވެސް ވަނީ ދައްކާލާފަ އެވެ.

މުޒާހަރާތަކުގައި އާއި، ތަހުގީގުތަކަށް ހަރަކާތްތެރި ވުމުގައި ބޮޑީ ކެމެރާ ބޭނުން ކުރުން އިތުރަށް ފުޅާ ކުރުމުގެ މަސައްކަތައް ކުރިޔަށް އޮތް ތަނުގެ ތެރޭގައި ކުރިޔަށް ގެންދާނެކަމަށް އިމްރާން ވިދަޅުވި އެވެ. މީގެ ސަބަބުން ވަކި ހާލަތްތަކަކާއި ކުރިމަތިލާއިރު، ދިމާވާ ހާދިސާތަކުގެ އަސްލު ދެނެގަތުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަަމަށް އިމްރާން ވިދަޅުވި އެވެ. އަދި ހަމައެއާއި އެކު ފުލުސް އޮފިސަރަށާއި، އާއްމުންނަށް ވެސް މި ޕްރޮޖެކްޓުގެ ސަބަބުން ފަސޭހަތަކެއް ވާނެކަން އިމްރާންގެ ވާހަކައިގައި ވިދާޅުވި އެވެ. 

ފުލުހުންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އިމްރާން ވިދާޅުވީ އާއްމު ގޮތެއްގައި ސީންއަކަށް އެޓެންޑުވުމުގައި ފުލުހުންނަށް އަމާޒުވާ ތުހުމަތުތައް ބޮޑީ ކެމެރާއިން ސާފުވެގެން ދާނެ ކަމަށެވެ. އަދި މައްސަލައިގެ ހަގީގަތް ހާމަވެ، ފުލުހުންނަށް އޮންނަ އިތުބާރާއި އިހުތިރާމު އިތުރުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. 

އިމްރާން ވިދަޅުވީ މިވަގުތަށް ހަމަޖެހިފައިވާ، އުސޫލުގެ ދަށުން ބޯޑީ ވޮން ކެމެރާ ބޭނުން ކުރާނީ ވަކި ހާލަތްތަކެއްގައި ކަމަށެވެ. އަދި ހުރިހާ ފުލުހުންނެއް ބޮޑީ ކެމް ބޭނުން ނުކުރާނެކަން ފާހަގަ ކުރެއްވި އެވެ. 

އަދި ސަރުކާރުން އިސްނަންގަވައިގެން ރަތްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ފުލުހުން ހިދުމަތައް ތައްޔާރުކުރުމަށް ކުރައްވަމުން ގެއްދަވާ މަސަކަތަކަށް އިމްރާން ވަނީ ތައުރީފްކޮށް ޝުކުރު އަދާ ކުރައްވާފަ އެވެ. އިމްރާން ވަނީ ފުލުހުންގެ މުވައްސަސާ އިތުރަށް ޒިންމާދާރު ކުރެއްވުމަށްޓަކައި މަސައްކަތްތައް ކުރަމުން ގެންދާކަން ހާމަ ކުރައްވާފަ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: