ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމުން އާއްމުންނާއި ފުލުހުންގެ ފަރާތުން ވެސް ތަފާތު ފެންނާނެ: ޝައުނާ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މޯލްޑިވްސް ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުން ބަލައިގަންނަ، އެންމެ ރަނގަޅު ތަމްރީނުތައް ދެވިފައިވާ އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާ މުވައްސަސާއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގިނަ މަސައްކަތްތަލެއް ކުރަމުން ގެންދާކަމުގައި އެންވައިރޮމެންޓް، އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ގެނައި 200 ބޮޑީ ވޯން ކެމެރާ މިއަދު ބޭނުން ކުރަން ފަށާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރު ޝައުނާ އެވެ. މިއަދުން ފެށިގެން މާލެ އާއި އައްޑޫގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން މި ކެމެރާ ބޭނުންކުރާނެ އެވެ. މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުން އެ ކެމެރާ ބޭނުންކުރާނެ ގޮތް ވެސް ވަނީ ދައްކާލާފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، ދިވެހި ދައުލަތުގެ ހިންގުން އެތައް ގުނައަކުން މިހާރު ބަދަލުވެފައިވާ ކަމަށެވެ. ހާއްސަކޮށް 2008 ގައި އަމަލު ކުރަން ފެށި ފެހި ގާނޫނު އަސާސީއާއި އެކު ދިވެހި ފުލުހުންގެ ހިދުމަތް ކުރިއަރައިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި އިސްލާހީ ބަދަލުތަކާއި، އަދި އޭގެ އަސަރު ކަށަވަރު ކުރުމަށް އެންމެ މުހިންމު އިސްރޯލެއް އަދާ ކުރަމުން ދަނީ މިނިވަން މުވައްސަސާތައްކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ، ދިވެހި ފުލުހުންނަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ޑިމޮކްރަޓިކް ނިޒާމް ވަށައި ޖައްސައިދޭ ދައުލަތުގެ އެންމެ މުހިންމު އެއް މުވައްސަސާ ކަމަށެވެ.

ޝައުނާ ވިދާޅުވީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމާއި މުޖްތަމައުގެ އަމާންތެރިކަން ރައްކާތެރިކޮށްދޭ ބަޔަކީ ދިވެހި ފުލުހުން ކަމަށެވެ.

ޝައުނާ ވަނީ ދިވެހި ފުލުހުންގެ މުވައްސަސާގެ ހިދުމަތް ފޯރުކޮށްދޭތާ 89 އަހަރުވެ، ވަކި ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭތާ މިވީ 17 އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިނގައިދިޔަކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ބޮޑެތި އިސްލާހުތައް ގެނެވެން އޮތީ މާޒީން އިބުރަތް ލިބިގެންކަން ފާހަގަ ކުރެއްވި އެވެ.

ފުލުހުންގެ މުވައްސަސާއަކީ ރައްޔިތުން ބަލައިގަންނަ، އެންމެ ރަނގަޅު ތަމްރީނުތައް ދެވިފައިވާ އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާ މުވައްސަސާއަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގިނަ މަސައްކަތްތަލެއް ކުރަމުން ގެންދާކަމުގައި ޝައުނާގެ ވާހަކައިގައި ވިދާޅުވި އެވެ.

“ފުލުހުންގެ މުވައްސަސާއަކީ އަދުގެ ޖީލުގެ ވިސްނުމާއި، ހުނަރު ލިބިފައިވާ ދިވެހި ފުލުހުންތަކަށް ހެދުމަށް ރައީސް ދަނީ މަސައްކަތް ކުރައްވަމުން.. މިއަދު ތައާރަފު ކުރެވޭ ފުލުހުންގެ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާނެކަމަށް މީގެ ދިހަ ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައި” ޝައުނާ

ޝައުނާ ވިދާޅުވީ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމަކީ އެއީ ރައްޔިތުންގެ އިތުބާރު މުވައްސަސާއަށް ދެމެހެއްޓުމަށްޓަކައި ރައީސް ސޯލިހު ވީ ވައުދު ފުއްދުމަށްޓަކައި ލިބިގެން ދިޔަ އެހީތެރިކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ފުލުހުންނަކީ ޒިންމާދާރު، އަދި ޖަވާބުދާރީ ކުރުވޭ މުވައްސަސާއަކަށް ހެދިގެން ދާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުށް މަދު ކުރުމާއި، ކުށް ކުރުން ހުއްޓުވުމަށް ކުރަމުން ދާ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. މިއީ ދުނިޔޭގެ ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ އެޑްވާންސް ޓެކްނޮލޮޖީއެއްކަން ފާހަގަކޮށް، ޝައުނާ ވިދާޅުވީ މިކަމުގެ އެހީގައި ކުރިއެެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ޝައުނާ ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ރަނގަޅު ކުރެވޭނީ، ދިވެހި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓިގެން ކަމަށެވެ. އެހެންކަމުން އެ ނަތީޖާ ނިކުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޝައުނާ ވިދާޅުވި އެވެ.

އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ޝައުނާ ވިދާޅުވީ، ބޮޑީ ވޮން ކެމެރާގެ ސަބަބުން އެ ތަނެއްގައި ހިނގާ ކަން ތަފާތުވާ ކަމަށެވެ. އަދި ފުލުހަކާއި މެދު ނުވަތަ އާއްމުންގެ މީހަކު ފުލުހަކާއި މެދު އަމަލު ކުރި ގޮތެއްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބެލޭނެ ރަނގަޅު ނިޒާމެއް މީގެ ސަބަބުން ގާއިމްވެގެން ދާނެކަން ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން، ތަހުގީގުތައް އިތުރަށް ފުޅާކުރުމަށް ޝައުނާ އިރުޝާދު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: