ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި މަޝްރޫއެއް ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި އެއްބިލިއަން ރުފިޔާގެ މަޝްރޫއެއް ފަށަން ތައްޔާރުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް އެންޑް ސޭފާ އައިލެންޑްސް އިން ދަ މޯލްޑިވްސް ގެ މަޝްރޫއުގައި ގޮނޑުދޮށްތައް ހިމާޔަތް ކުރުމަށް ވަނީ ނިންމާފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރެސިލިއަންޓް އެންޑް ސޭފާ އައިލެންޑްސް ޕްރޮޖެކްޓަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، މޫސުމީ ކާރިސާ ތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ހިންގާ މަޝްރޫއެކެވެ.

މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މަގްސަދު ތަކުގެ ތެރޭގައި ކަނޑުގެ  ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވް ކުރުމުގެ ގާބިލުކަން އިތުރު ކުރުމާއި ރަށްރަށުގެ ގޮނޑުދޮށްތަކާއި ފަރުތަކާއި ލޭންޑް ޔޫސް ޕްލޭން މޮނިޓަރ ކުރާނެ ނިޒާމެއް ގާއިމްކުރުން ހިމެނޭ ކަމަށެވެ. އަދި ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށްގެންދިއުމަށް އިންޓަރގްރޭޓެޑް ކޯސްޓަލްޒޯން މެނޭޖްމަންޓް (އައިސީޒެޑްއެމް) އާއި ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު މިހާރު ހުރިގޮތް ދެނެގަތުމަށް އިންވެންޓްރީ ސްޓަޑީ އަކާއި ރިސްކް އެސެސްމެންޓެއް ހެދުމަށް ތައްޔާރު ވަމުންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް އެންޑް ސޭފާ އައިލެންޑްސް އިން ދަ މޯލްޑިވްސް މަޝްރޫއުގެ ދަށުން ބައެއް ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލ އިސްދޫ އާއި ލ މާމެންދޫ އާއި ލ ފުނަދޫ އާއި ލ ގަމުގެ އިތުރުން ސ ފޭދޫގައި ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަށް ގްރީން ކްލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރާއި ޖަޕާންގެ ޖައިކާގެ ފަރާތުން 35.4 އެމެރިކާ ޑޮލަރާއި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އާއި ވަސީލަތް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: