ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

4 ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހަދާ އަޕްގްރޭޑް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދ. މާއެނބޫދޫ, ތ. ތިމަރަފުށި އަދި ތ.ގުރައިދޫގެ  ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހެދުމަށްޓަކައި ވެހިކަން ބިލްޑާސް އާ ހަވާލުކޮށްފި އެވެ.

މީގެއިތުރުން ފ. ނިލަންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މިއަދު ވަނީ ވެހިކަން ބިލްޑާސް އާއި ހަވާލުކުރެވިފައެވެ.

މިއަދު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރު އެެވެ.

ވެހިކަން ބިލްޑާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ރަޝީދު އެެވެ.

މިއަދު ހަވާލުކުރެވުނު މި ހަތަރު މަޝްރޫއުގެ އަގަކީ ޖުމްލަ  17,849,885.15 ރުފިޔާ އެވެ.

މިގޮތުން ދ. މާއެނބޫދޫ ސެންޓަރުގެ މަސައްކަތުގެ އަގަކީ , 4,320,102.60 ރުފިޔާ އަދި އަދި ތ. ތިމަރަފުށި ގެ މަސައްކަތުގެ އަގަކީ 5,013,360.12 ރުފިޔާ އަދި ތ.ގުރައިދޫގެ ގެ މަސައްކަތުގެ އަގަކީ 4,407,480.00 ރުފިޔާ އެވެ.

މީގެއިތުރުން ފ. ނިލަންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ 4,108,942.43 ރުފިޔާ އެވެ.

މި ހަތަރު މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް (ހަ މަސް ދުވަސް) ތެރޭގަ އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީއިން ބުނީ އެ މަޝްރޫއު ނިމުމުން،މި ހަތަރު ރަށުގައިވެސް ރަށުފެންވަރުގައި ކުނި މެނޭޖްކުރާ މަރުކަޒުން (ޑަބްލިއުއާރްއެމްސީ) ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ދ. މާއެނބޫދޫ, ތ. ތިމަރަފުށި, ތ. ގުރައިދޫ އަދި ފ. ނިލަންދޫ ގައި ގާއިމުކުރާ ނިޒާމާއެކު ރަށުގައި ކުނި އެންދުމާއި ޖަމާވުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ގާއިމުވުމުން ސިއްހަތަށާއި ތިމާވެއްޓަށް ލިބިދޭ ފައިދާގެ އިތުރުން އިގްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ.

މި މަޝްރޫޢުގެގެ ތެރެއިން ގާއިމު ކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒުތަކެކެވެ.

މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާހާނާ ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގަ އެެއްވެސް ހިމެނެއެވެ. އަދި ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިން ސްކޭލްވެސް ބެހެއްޓިފައިވާނެއެވެ.

މި ހަތަރު މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޝޭންޖް އެންޑް ޓެކްނޯލޮޖީ އިން  ޒޯން 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: