ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޖުލައިމަހު ބޭނުންކުރަން ފަށަނީ

ވެމްކޯ އާއި އެންވަޔަރަމަންޓް މިނސިްޓްރީގެ އިސްބޭފުޅުން ވޭސްޓް މެނޭޖްމެންޓް ސެންޓަރު މިއަދު ހެނދުނު ނޫސްވެރިންނަށް ދައްކާލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ސިނާއީ ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖްގައި ހަދާފައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްްކަތް ނިންމާ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ކުރިއަށްދާ ގޮތް  އެންވަޔަރަމަންޓް މިނިސްޓްރީ ގެ ފަރާތުން ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. އެގޮތުން ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ވެމްކޯ އިން ކުނި ޖަމާކުރުމަށް ތިން ބުރީގެ އިމާރާތަކާއި، އެންވަޔަރަމަންޓް މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓްގެ އިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ވެމްކޯގެ އޮފީސް އިމާރާތް ހިންގަން ހަދާ އިމާރާތެއް އިންޑަސްޓްރިއަލް ވިލެޖްގައި ވަނީ ގާއިމްކޮށްފައެވެ. މިވަގުތު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތުގެ ބޮޑުަބައި ނިމިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވާއިރު ކުރިއަށް އޮތީ އެތަނަށް ބޭނުންވާ ހިދުމަތް ދިނުމަށް ވަސީލަތްތައް ގާއިމް ކުރުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވެމްކޯ އިން ބުނީ އަލަށް އިމާރާތްކުރެވޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މިހާުރު އުޅަނދުތަކުގައި ކުނި ބަންދު ނުކޮށް ތިލަފުއްޓަށް ގެންދާ ބައެއް ކުނި ކަނޑަށް އެޅޭ މައްސަލަ، އެއްކޮށް ހައްލުވެ ކޮންޓެއިނަރުގައި ކުނި ބަންދުކޮށްގެން ތިލަފުއްޓަށް ގެންދަން ފެށޭނެ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ފެށި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ގާއިމްކުރުމުގެ މަޝްރޫއަށް ބޭނުންވާ އިމާރާތްތައް އެޅުމާއި އެތަނަށް ބޭނުންވާ ތަކެތި ރާއްޖެ ގެނެސް އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވަނީ ސީއެސްއީސީގެ ފަރާތުންނެވެ.

ކުނި މެނޭޖް ކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ތިލަފުށީގައި ފެށިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަަނަ ދުވަހުއެވެ،

މި މަޝްރޫއަކީ އޭޝިއަން ޑިވޮލަޕްމަންޓް ބޭންކް (އޭޑީބީ) އާއި ޓީއޭއެސްއެފް އާއި ޖޭއެފްޕީއާރު އަދި ދިވެހި ސަރުކާރުން 11.8 މިލިއަން ޑޮލަރު ނުވަތަ 183 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ. މި މަޝްރޫއު ފެށުމާއެކުގައި ތިލަފުށީގައި ކުނި އެންދުން ހުއްޓުމަށްފަހު ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ވަނީ ކުނިނައްތާލަން ފަށާފައެވެ.

ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށުމާއެކު، އެރަށުގައި ކުރިން ހުރި ބޮޑު ކުނިގޮނޑު ނުވަތަ އަލިފާން ފަރުބަދައިން ދުންއެރުން ވަނީ ހުއްޓިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: