ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ މީހަކަށް ނެގޭނެ ސިމްކާޑުގެ އަދަދު ކަނޑައަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކަށް އެމީހެއްގެ އަމިއްލަ ނަމުގައި މޯބައިލް ސިމްކާޑު ނެގޭނެ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކެމް) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި ކޭމްގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހްމަދު ވިދާޅުވީީ އެކަކަށް ނެގޭ ސިމް ކާޑުގެ މިންގަނޑު އެންމެ ލަސްވެގެން މިއަހަރުގެ މެއި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

އެކެއްގެ ނަމުގައި ގިނަ ސިމްތަކެއް ނަގާފައިވާނަމަ އެ ސިމްތައް ވެރިފައިކޮށް އެ ފަރާތުގެ އައިޑީ ވެރިފައި ކުރުމަށްފަހު، އެ ލިސްޓުން ނަމްބަރުތައް ކެނޑުމުގެ މަސައްކަތްތައް މެއި މަހު ފެށިގެންދާނެ ކަމަށާއި އެ މަސައްކަތަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ކޮމިއުނިކޭޝަންސް އޮތޯރިޓީ އާއި އެހެނިހެން ސްޓެކްހޯލްޑަރސް އާއި ގުޅިގެން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ސިމް ވިއްކާ އުސޫލުތައް ބަދަލުކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ސިމްކާޑު ވިއްކުމާއި ހިދުމަތް ދިނުން އިތުރަށް ހަރުދަނާ ކުރުމަށް އިންޓަރނެޓް ސާވިސް ޕްރޮވައިޑަރުންނާއި އެކު ކުރަމުންދާ މަސައްކަތްތައް އެންވަޔަރަމަންޓް، އެންޑް ޓެކްނޮލޮޖީގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ މިނިސްޓްރީން ތައާރަފްކުރުމަށް ނިންމާފައިވާ ޑިޖިޓަލް އައިޑީ ސިސްޓަމްގެ ތެރެއިން ކޮންމެ މީހަކީވެސް ވެރިފައި ވެފައިވާ މީހެއްގެ ގޮތުގައި ސިމް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ، އެގޮތުން ޑިޖިޓަލް އައިޑީ ނިޒާމް އާއި ދެ ސާވިސް ޕްެރޮވައިޑަރުންނާ ގުޅިފައިވާ ކަމަށާއި މުސްތަގުބަލުގައި ސިމް ވިއްކާއިރުގައި، ސިމްއަކާއި އައިޑެންޓިޓީ އަކާ ގުޅުވޭނެ ކަަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޑިޖިޓަލް އައިޑީގެ ނިޒާމަކީ ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ނިޒާމާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް ގެ ނިޒާމާއި އިމިގްރޭޝަނސްގެ ނިޒާމާއިވެސް ގުޅިފައިވާ ނިޒާމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ، އެހެންކަމުން ރާއްޖެއިން އެއްވެސްކަހަލަ ޑިޖިޓަލް ހިދުމަތެއް ހޯދުމަށް ބޭނުންވާ ކޮންމެ ފަރާތެއްވެސް ޑިޖިޓަލް އައިޑެންޓިޓީ މެދުވެރިކޮށް ވެރިފައި ކުރެވިގެންދާނެ ކަމަށްވެސް އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިދުމަތް ދިނުމުގައި މިހާރު ހިދުމަތުގެ ކަށަވަރުކަން ދިނުމަށްޓަކައި ގެންގުޅޭ އޯޓީޕީ ނުވަތަ ވަން ޓައިމް ޕާސްވޯޑް ނައްތާލުމަށް ތައާރަފްކުރެވޭ އެއްޗެއްގެ ގޮތުގައި ޑިޖިޓަލް އައިޑީ ވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ، އެހެންކަމުން ޑިޖިޓަލް އައިޑީގެ ނިޒާމް ފުޅާވެގެން ދިއުމާއެކު އޯޓީޕީ އަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރެވިގެން ދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެސްއޯއީ ކޮމިޓީއަށް މީގެ ކުރިން ފުލުހުން ފޮނުވި ރިޕޯޓްގައި ވާ ގޮތުން އެކަކުގެ ނަން މަތީގައި 800 އަށް ވުރެ ގިނަ ސިމް ކާޑާއި ދެ ބިދޭސީންގެ ނަންމަތީގައި 24،000 އަށް ވުރެ ގިނަ ސިމްގެ އިތުުރުން އިތުރު ބިދޭސީއެއްގެ ނަންމަތީގައި 38،000 ސިމެއް ނަގާފައިވާ މައްސަލަ އެއް ފާހަގަ ކޮށްފައިވެއެވެ.

ކޮމިޓީގައި މެމްބަރުންގެ އިތުރުން ބައިވެރިވި އިތުރު ބައެއް މުއައްސަސާ ތަކުން ފާހަގަ ކުރި ގޮތުގައި ޖަލަށް އަހަރަކު އެތަކެއް ސިމް ކާޑު އެތެރެ ކުރާއިރު، އެ ސިމްތައް ނަގާފައި ހުންނަނީ އެހެން މީހުންގެ ނަން މަތީގައި އަދި ގިނަ ފަހަރު ރަޖިސްޓްރީވެސް ނުކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: