ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތުރު އީދަށް އުރީދޫއިން ހާއްސަ އޮފަރ ތަކެއް!

ފޮޓޯ: އުރީދޫ މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފަރ ތަކެއް އިއުލާނުކޮށްފިއެވެ.

މި އޮފަރ ތަކަކީ ކަސްޓަމަރުންނަށް ފިތުރު އީދުގައި ރައްޓެހިންނާއި އާޢިލާއާއި ގުޅުންބަދަހި ކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. ވީޑިއޯކޯލް ކުރުމާއި، ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރި ކޮށް މިއީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު އުރީދޫ މެދުވެރިކޮށް ފަހިވެފައި ވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫގެ ހާއްސަ އޮފަރ: 

އީދު ޕެކް: އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50 ރ އަށް.

ޗުއްޓީ ޕެކް: އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެއެވެ. ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެއެވެ.

ގިފްޓް އަ ޕެކް: ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު އުރީދޫ މެދުވެރިކޮށް ފޮނުވާލާށެވެ.

ޓެކްސްޓް އަ ކޮފީ: އުރީދޫ އެޕް މެދުވެރިކޮށް ރަޢްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ.

މި އޮފަރތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: