ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް މެރިން އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ!

އުރީދޫ އަދި މެރިން އެކްސްޕޯ ދެމެދު އެއްބަސްވުން ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މެރީން އެކްސްޕޯގެ ޑިޖިޓަލް ޕާޓުނަރުގެ ގޮތުގައި އުރީދޫ ހަމަޖައްސަައިފިއެވެ.

އުރީދޫއިން މައުލޫމާތު ދީފައިވާގޮތުން ރާއްޖޭގައި ބާއްވަމުން އަންނަ މަގުބޫލު އިވެންޓެއްކަމަށްވާ “މޯލްޑިވްސް މެރީން އެކްސްޕޯ” އިންވަނީ އެ އިވެންޓުގެ ޑިޖިޓަލް ޕާޓުނަރުގެ ގޮތުގައި އެކުންފުނި ކަނޑައަޅާފައެވެ. އުރީދޫއިން ބުނެފައިވާގޮތުން މި އިވެންޓުގައި މެރީން މަސައްކަތްތަކާއި ގުޅުންހުރި އެކި ތަފާތު ޕްރަޑަކްޓުތައް ޝޯކޭސްކުރެވިގެންދާނެއެވެ. އަދި ގިނަ އަދަދެއްގެ ވިޔަފާރިތަކުންވެސް މި ހަރަކާތުގައި ބައިވެރިވާނެކަަން އެ ކުންފުނިން ހިއްސާކޮށްފައިވެއެވެ.

އުރީދޫއިން ބުނެފައިވާގޮތުން، ފެބުރުއަރީ މަހުގެ 8، 9، 10 އަދި 11 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އިވެންޓްގައި އެ ކުންފުނީގެ ބިޒްނަސް ޓީމުންވެސް ހަރަކާތްތެރިވަމުންދާނެކަމަށެވެ. އަދި އެ ކުންފުނީގެ ސްޓޯލްއެއްވެސް އެސްކްޕޯގައި ހުޅުވިފައި ހުންނާނެކަން ފާހަގަކޮށްފައިވާއިރު އުރީދޫގެ ސްޓޯލްއަށް ޒިޔާރަތް ކޮށް އެކި ވިޔަފާރިތަކަށް އުރީދޫގެ ފަރާތުން ލިބިގަނެވޭނެ ލުއިތަކާއި ހައްލުތަކާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމުގެ ފުރުސަތު ފަހިވެފައިވާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: