ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާއެއް ދޭން އުޅޭކަމެއް އެނގިފައެއް ނެތް: ފުލުހުން

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަޑުފެތުރިފައިވާ ގޮތަށް ބިދޭސީންނަށް ޓާގެޓުކޮށްގެން ހަމަލާއެއް ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ހަމަނުޖެހުންތަކެއް ހިންގުމަށް ރާވާފައިވާކަމަށް ބުނެ ވާހަކަތައް ދެކެވެމުންދިއުމާއި ގުޅިގެން ފުލުހުންގެ މުއައްސަސާއިންވަނީ އެކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. ފުލުހުން ބުނެފައިވާގޮތުން ސަރުކާރުން ރާވައިގެން ސަރުކާރުގެ މުއައްޒިފުން އަދި ބިދޭސީން ހިމެނޭހެން އިންތިޒާމުކޮށްފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް އެ މުއައްސަސާ އަދި އެހެން ސަލާމަތީ ހިދުމަތަކަށްވެސް ލިބިފައިނުވެއެވެ.

ފުލުހުން ބުނެފައިވާގޮތުން ހަމަލާއެއް ރާވާފައިވާކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތުގެ އަސާސާއިމެދު ސުވާލު ކުރުމުން މައުލޫމާތެއް ލިބުނުކަމަށް ބުނުން ފިޔަވައި އެ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ކަމަށް ބާރުލިބޭ ހަރުދަނާ ސަބަބެއް ބުނެދީފައިނުވެއެވެ. އަދި އެ ފަރާތުންވަނީ މައުލޫމާތު ލިބުނު މަސްދަރު ހާމަކުރުމަށް އުޒުރުވެރިވެފައިކަމަށާއި ފުލުހުންގެ އިންޓެލިޖެންސްއަށް ބަލާއިރު، އެ މައުލޫމާތަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެތިކަން އުފެއްދުމުގެ ގޮތުން ހިންގި އަމަލެއް ކަމަށް ފެނިގެންދާކަމަށެވެ.

ފުލުހުންގެ މުއައްސަސާއިންވަނީ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިގެންދާ ފަދަ އަމަލުތައް ނުހިންގުމަށް އެދިފައެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 0%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: