ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތޫނު ހަތިޔާރެއް ބޭނުންކޮއްގެން ހަމަލާ ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި!

ފުލުހުން މަގުމަތީ ހަރަކާތްތެރި ވަނީ/ ފޮޓޯ: އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި މީހަކު ހައްޔަރުކޮއްފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

މާރާމާރީއެއް ހިނގާފައިވާކަމުގެ މައުލޫމާތު ދެއްވަމުން ފުލުހުންގެ މުއައްސަސާއިން ބުނެފައިވާގޮތުން، އެފަދަ މައުލޫމާތެއް އެ މުއައްސަސާއަށް ލިބިފައިވަނީ މިއަދު މެންދުރު 12:21 ގައެވެ. އަދި އެ ހަމަނުޖެހުން ހިނގާފައިވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ތެރޭގައިކަމަށްވެސް އެ މުއައްސަސާއިންވަނީ  ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީ ހިނގާފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 އަހަރުގެ ދިވެހި އަންހެނެއްގެ ދެމެދުގައެވެ.

ފުލުހުން ބުނެފައިވާގޮތުން، އަނިޔާވެފައިވަނީ ފިރިހެން މީހާއަށެވެ. އަދި އަންހެން މީހާވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައިކަމަށާއި މިހާތަނަށް ބެލި ބެލުމުން މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މާރާމާރިއެއްކަން އެނގިފައިވާކަމަށް އެ މުއައްސަސާއިންވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވާގޮތުން، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީގައި އަނިޔާވެފައިވާ މީހާއަށް ގެންދަނީ ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: