ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ބޯޑުގެ މެމްބަރުކަމަށް ކުރީގެ ކޮމިޝަނަރު ފަސީހު!

ޕޮލިސް ބޯޑުގެ ހުސްވެފައިވާ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮލިސް ބޯޑުގެ ހުސްވެފައިވާ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އައްޔަނުކޮށްފި އެވެ.

ފަސީހަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ބޭފުޅާ އެވެ. ފަސީހު ވަނީ ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރައްވާފަ އެވެ. އަދި އޭނާ ފުލުހުންގެ ވަޒީފާއިން ރިޓަޔާރ ކުރެއްވީ މި އަހަރު އެވެ.

ހުސްވެފައިވާ ޕޮލިސް ބޯޑުގެ މެމްބަރުކަމަށް ފަސީހު އައްޔަނު ކުރިކަން ހޯމް މިނިސްޓްރީން ވަނީ އެކަން މީޑިއާތަކަށް ޔަގީންކޮށްދެއްވާފަ އެވެ.

ޕޮލިސް ބޯޑުގެ މެމްބަރުންގެ ގޮނޑިއެއް ހުސްވެފައި ވަނީ، އެ ބޯޑުގެ ރައީސްކަމުގައި ހުންނެވި އަލީ ފާއިޒް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި އައްޔަނު ކުރުމުންނެވެ.

އެހެންކަމުން، ބޯޑުގެ ހުރިހާ މެމްބަރުންނާއި އެކު ދެން ބާއްވާ ބަދަލުވުމެއްގައު، ބޯޑުގެ ރައީސަކު ހޮވާނެ އެވެ.

ޕޮލިސް ބޯޑަކީ ފުލުހުންގެ ހިދުމަތުގެ އައު ގާނޫނުގެ ދަށުން މިދިޔަ އަހަރުގެ އޭޕްރިލް މަހު އެކުލަވާލި ބޯޑެކެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ބޯޑުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެމްބަރަކާއި، ފަންނީ ދާރިއާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުން ހިމެނެ އެވެ. ބާކީ ދެ މެމްބަރުން އައްޔަނު ކުރަނީ އާއްމުންގެ ތެރެއިން ކުރިމަތިލައިގެންނެވެ. އެބޭފުޅަކަށް ރުހުން ދޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަން ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުމެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ޕޮލިސް ބޯޑަށް މެމްބަރުން އައްޔަނުކުރާ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސްޕްރިންޑެންޓުން ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަން އޮފިސަރުންގެ ތެރެއިން އެކިއެކި ތުހުމަތުކުރެވޭ ފުލުހުންނާ މެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އެގޮތުން ބައެއް ބޭފުޅުންގެ މައްސަލަތައް ޕޮލިސް ބޯޑުން ބަލާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: