ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ނިމެންދެން ފުލުހުން ތިބޭނީ ހައި އެލާޓުގައި!

އީސީގެ ރައީސް ފުއާދު އާއި ކޮމިޝަނާ އޮފް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ތައްޔާރުވުމުގެ ގޮތުން ފުލުހުންގެ މުއައްސަސާއިން އެންމެ މަތީ އެލާޓު ލެވަލްގައި ހަރަކާތްތެރިވަމުންދާކެމަށް އެ މުއައްސަސާއިން މައުލޫމާތު ދީފިއެވެ.

ފުލުހުން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އެ މުއައްސަސާއިންދަނީ އިންތިހާބީ މަސްރަހުގެ ކަންކަން އަމާންކަމާއިއެކު ކުރިއަށް ދާކަން ކަށަވަރު ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްތައް ކުރަމުންނެވެ.

އެ މުއައްސަސާއިން ބުނެފައިވާގޮތުން، 2023ގެ އިންތިހާބާއި ގުޅިގެން ފަށާފައިވާ އޮޕަރޭޝަން “ބުލޫ ވޭވް” ގެ ދަށުން ކުރެވެމުންދާ މަސައްކަތްތައް މިހާރު ކުރެވެމުންދަނީ އެންމެ މަތީ އެލާޓު ލެވަލްގައެވެ. އަދި އެ މުއައްސަސާއިން އިންތިހާބުގެ ކަންކަން ނިމެންދެން އެ މިންގަނޑުގައި މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށްވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވާނެ މީހަކު އިންތިހާބު ކުރުމުގެ ގޮތުން ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރުވަނީ މި މަހުގެ 30 ވަނަ ދުވަހަށް ކަނޑައެޅިފައެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންވަނީ ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިންތައްވެސް ނިންމާލާފައެވެ. ދެ ކެންޑިޑޭޓުންވެސް ކެމްޕެއިންގެ ފަހު ހަރަކާތްތައް ކުރިއަށް ގެންދެވީ ރާއްޖޭގެ ވެރިރަށް މާލޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: