ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ރާއްޖޭގެ އެތެރޭގައި ތެޔޮ ސަޕްލައި ކުރާ ފިއުލް ސަޕްލައި މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

ތެލުގެ އަގު ބޮޑުކޮށްފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުން ދިއުމާ ގުޅިގެންނެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާ ވަރަކަށް އެސްޓީއޯއަށް ތެޔޮ ގަންނަން ލިބޭ އަގުވެސް އެތައް ގިނައެއް އުފުލިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަހަރު ފެށުނުއިރު ތެޔޮ ވިއްކަމުން ދިޔައީ، ޕެޓްރޯލް ލީޓަރެއް 11.16 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 11.84 ރުފިޔާއަށެވެ. ނަމަވެސް ޖެނުއަރީ މަހު ފަހުކޮޅު ތެލުގެ އަގުބޮޑުކޮށް، ޕެޓްރޯލް ލީޓަރެއް 12.06 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 12.44 ރުފިޔާގެ މަގުން ވިއްކަން ފެށިއެވެ.

މިހާރު ތެޔޮ ވިއްކާ އަގު އަގަކީ ޕެޓްރޯލް ލީޓަރެއް 12.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.04 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނީ އާ އަގުތަކުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: