ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރުމުގެ 81 އިންސައްތަ ނިމިއްޖެ

އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދަނީ އެމްޓީސީސީއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ 81 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ، ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ރަންވޭގެ ސަބްްގްރޭޑް މަސައްކަތާއި އޭބީސީ މަސައްކަތް ނިމިފައި ވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި މަޝްރޫގެ ޓަރމިނަލް އިމާރާތުގެ ސްޓްރަކްޗަރ އެސެމްްބްލީގެ 81 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި، ޓެކްސީވޭއަކާއި އޭރަންއެއްގެ އިރުތުން ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ހެދުމަށް ހަމަޖެހިފަައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ.

މީގެ އިތުރުން މި އެއާޕޯޓްގައި ފަޔާރބިލްޑިންގް އެއް އިމާރާތް ކުރުމާއި ޓާމިނަލް ބިލްޑިންގްއެއް އިމާރަތް ކުރުމުގެ މަސައްކަތްވެސް ހިމެނިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. މިމަޝްރޫއަކީ 144.8 މިލިޔަން ރުފިޔާގެ މަޝްރޫއެއްކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: