ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެރިދޫ އާއި ނައިވާދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އއ ފެރިދޫ އާއި ހދ ނައިވާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލްކޮށްފިއެވެ.

ފެރިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 50.08 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި އައު ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި ބްރޭކް ވޯޓަރ ޖެހުމާއި ސޭންޑްފިލް ބްރޭކްވޯޓާ ޖެހުމާއި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސްކޯރިން އެޕްރޮން ޖެހުމާއި މޫރިންގ ރިންގް ހަރުކުރުމާއި މަގު ބައްތިއާއި ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 51.3 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމުގެ އިތުރުން 290 މީޓަރު ބްރޭކް ވޯޓަރ ޖެހުމާ 73.3 މީޓަރު ރިވެޓްމެންޓް  ޖެހުމާއި 10 މީޓަރު ސަބްމާޖް ބްރޭކް ވޯޓަރ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 231 މީޓަރުގެ ސްކޯރިންގ އޭޕްރަން އެއް ޖެހުމާއި އެކު 62 މޫރިންގ ރިންގް ހަރުކުރުމުގެ އިތުރުން ރޭމްޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި މަގުބައްތި ހަރުކުރުމާއި ޕޭވްމެންޓް ހެދުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: