ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ފިޔަވަހީގެ ބީޗް ސައިޑުން 34 ގޯއްޗަށް އެދި 179 މީހަކު

ހުޅުމާލެ ފޭސް 2
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުން ދޫކުރުމަށް ހުޅުވާލި 34 ގޯއްޗަށް 179 މީހަކު ކުރިމަތިލިކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

މި ގޯތިތަކަށް އާންމު ރައްޔިތުން ހުށައަޅާފައިވާ އަގުތައް މިހާރު ވަނީ ޝާއިއުކޮށްފައެވެ. އަދި ވެއިޓްލިސްޓަށް ޝޮޓްލިސްޓްކޮށްފައިވާ ފަސް ފަރާތެއްގެ ނަންވެސް ވަނީ އިއުލާންކޮށްފައެވެ. މިބީލަމުން ގޯތި ދޫކޮށްފައިވަނީ އަކަފޫޓަކަށް 7000 ރުފިޔާއާއި 9000 ރުފިޔާއާއި ދެމެދުގެ އަގު ހުށައެޅި ފަރާތްތަކަށެވެ. މިއީ މިގޯތިތަކަށް އެންމެ ބޮޑު އަގު ހުށައެޅިި ފަރާތްތަކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާފައިވަނީ 1،603.07 އަކަފޫޓާއި، 2،633.82 އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކާފައިވަނީ ބީޗް ކުރިމަތިން ބީޗް ފްރޮންޓް ގޯތިތަކާއި، ބީޗާއި ކައިރި ސަރަހައްދުން ބީޗް ސައިޑް ގޯތިތަކެވެ. ބީޗް ފްރޮންޓް 26 ގޯއްޗާއި ބީޗް ސައިޑް 34 ގޯތި ހިމެނޭހެން ޖުމްލަ 60 ގޯތި ދެވަނަ ފިޔަވަހިން ވިއްކުމުގެ މަރުހަލާތައް މިހާރު މިވަނީ ނިމިފައެވެ.

ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުގެ ގެތަކަށް ބީލަން ހުށައެޅި 211 މީހުންގެ ތެރެއިން ބިން ލިބިފައިވަނީ 6000 ރުފިޔާއާއި 10000ރުފިޔާއާއި ދެމެދުން އަކަފޫޓަކަށް އަގު ހުށައެޅި 26 މީހުންނަށެވެ. މި ދެ ކެޓަގަރީގެ ބީލަމުގައި ބައިވެރިވި ފަރާތްތަކުންވެސް ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ބަހައްޓާފައިވެއެވެ.

ބިން ދިނުމުގައި އިސްކަންދީފައިވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށެވެ. މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށްވެސް ވަނީ އިސްކަން ދީފައެވެ.

2017 ވަނަ އަހަރު ދެވަނަ ފިޔަވަހި ހިއްކި ފަހުން މިހާތަނަށް މިފަދަ ގޮތަކަށް ބިން ދޫކޮށްފައިވަނީ އެއް ފަހަރުއެވެ. އެފަހަރު 42 ބިން ވަނީ ދޫކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: