ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އެންގެވުމަށް ޔުކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެނަންނީ!

ހަނގުރާމައެއް ބޭނުން ނުވާކަމަށް ބުނެ ޔޫކްރެއިންގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން/ ފޮޓޯ: ބޮސްޓޮން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ވަގުތަކު ވެސް ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާ، ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ އަނބުރާ ގެނައުމުގެ މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮރިން މިނިސްޓްރީއަށް އަންގައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީޑިއާތަކަށް ވިދާޅުވީ، ޔުކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސް އެންގެވުމުން ފޮރިން މިނިސްޓްރީން އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިވަގުތު ޔުކްރެއިންގައި 50 ދިވެހިން ތިބިއިރު، އެ ގައުމުގައި ގިނައިން ތިބީ ދިވެހި ދަރިވަރުންނެވެ. އަދި އޭގެ ތެރެއިން 29 ދަރިވަރަކު ތިބީ ހަނގުރާމައެއް ފެށި، ހަމަލާއެއް ދީފިނަމަ އެންމެ ފުރަތަމަ އޭގެ އަސަރު ކުރާނެ ހިސާބެއްގަ އެވެ. މި ދަރިވަރުން ތިބީ ރަޝިއާގެ ބޯޑަރު ކައިރި ސިޓީއެއްގެ ހޮޓަލްއެއްގަ އެވެ.

ރަޝިއާއިން ޔުކްރެއިނަށް ހަމަލާއެއް ދީފާނެކަމުގެ ބިރު ހީވާން ފެށުމާއި އެކު މީީޑިއާތަކުން ސުވާލު ކުރުމުން ސަރުކާރުން ބުނީ އެ ގައުމުގެ މަޝްރަހު ކައިރިން ބަލަމުންދާކަމަށާއި އަވަސް ފިޔަވަޅަށް ތިބީ ތައްޔާރަށް ކަމަށެވެ. ނަމަވެސް ދަރިވަރުން ވަނީ އެކަން ދޮގުކޮށް، ގޫގުލް ޝީޓެއް ފުރިހަމަ ކުރަން ދިނުން ފިޔަވަައި އިތުރު ގޮތަކަށް ވާހަކައެއް ނުދައްކާކަމަށާއި، އެނބުރި ރާއްޖެ ދާން ބޭނުންވާތީ އެ އިންތިޒާމުތައް ވީހާވެސް އަވަހަށް ހަމަޖައްސައިދޭން އެދިފަ އެވެ. ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ، ޔުކްރެއިންގެ ހާލަތަށް ބަލައި، އެއާލައިންތަކުން އެ ގައުމުގެ އެއާޕޯޓުތަކަށް ދަތުރު ކުރުން ހުއްޓާލުމެވެ.

ދަރިވަރުންގެ ކަންބޮޑުވުންތަކާއި، އެކު އެ ކުދިންގެ ބެލެނިވެރިން ވެސް ފޮރިން މިނިސްޓްރީ އާއި ބައްދަލުކޮށްފައި ވެއެވެ.

ބައެއް ދަރިވަރުން ތިބީ އެނބުރި ގައުމަށް އާދެވޭނެ ގޮތެއްވާނަމަ އަމިއްލައިން ވެސް އައުމަށް ވެސް ތައްޔާރަށެވެ. ނަމަވެސް ހުރިހާ ދަރިވަރުންނަކީ ޓިކެޓުގެ ހަރަދުތައް ނެގޭނެ ކުދިންނަށް ނުވާތީ، އެހެން ދަރިވަރުންތައް ދޫކޮށް އަންނަން ބޭނުން ނުވާކަމަށް ބަޔާނުގައި ވެއެވެ.

ބާލިންގައި ހުންނަ އެމްބަސީއިން ކޮންމެ ދުވަހަކު ވެސް ދަރިވަރުންނާއި ވާހަކަ ދައްކައި، އެއްވެސް ކަމަކަށް ދަތިވޭތޯ އާއި ހާލު ގާތުން ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން މީީޑއާތަކަށް ބުނެ އެވެ.

ބެލެވޭ ގޮތުގައި ޔުކްރެއިންގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ރައީސް އެންގެވީ، ރޭ ރަޝީއާގެ ރައީސް ޕޫޓިންގެ ޕްރެސް ބްރީފިންއަށް ފަހު އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މިއަދުގެ ވަގުތެއްގައި ވަނީ ފާސްކޮށްފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: