ހ. ނޫއަލި ގެގައި ރޯވި އަލިފާނުގެ ސަބަބުން 10މީހުންނަށް ފަރުވާ ދިނުމަށް ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ 10 މީހުންނަށް ދުމުގެ އަސަރުކޮށްފައިވާކަމަށެވެ. އެމީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލަށް ފޮނުވާފައެވެ.
ނޫއަލި ގޭގަ ރޯވި އަލިފާން މިހާރު ވަނީ ނިއްވާލެވިފައެވެ. ހެންވޭރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލު ރޫމަށް ލިބިފައިވަނީ މިއަދުގެ ހެނދުނު 08.55 ހާއިރުއެވެ. މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުންވަނީ އެ ސަރަހައްދަށްގޮސް ފަޔަރ ނިންވުމުގައި ހަރަކާރްތެރިވެފައެވެ.
ކުރެވުނު މަސައްކަތުން ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 09.25 ހައިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަލިފާނުގެ ސަބަބުން ބޮޑު އަނިޔާއެއް ލިބިފާާވާކަމަށް މައުލޫމާތު ލިބިފައެއްނުވެއެވެ.

