ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ސާޖަރީއެއް ހަދަން ޖެހޭތީ، ޒިންމާތައް ވަގުތީ ގޮތުން ފައިސަލްއަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތައިރޮއިޑަށް ސާޖަރީއެއް ހަދަން ޖެހޭތީ، ނައިބު ރައީސް ފައިސަލް ނަސީމް އާއި ވަގުތީ ގޮތުން ޒިންމާތައް ހަވާލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް އަދާކުރައްވަނީ މާދަމާ ހެނދުނު ކުރައްވާ ތައިރޮއިޑް އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ.

އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ފައިސަލް ހަވާލުވެވަޑައިގަންނަވާނެކަން، ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރަށް ރައީސް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އޭގެ ކުރިން މި މަހުގެ ކުރީކޮޅު ވެސް ރާއްޖެއިން ބޭރަށް ނުރަސްމީ ދަތުރެއް ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: