ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެތެރޭގައި ބަސް ބުނާ މީހާ ބާކީ ކުރުމުގެ ސަގާފަތެއް އެބައޮތް: އިސްމާއިލް އަހުމަދު

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އެމްޑީޕީ އެތެރޭގައި މަސައްކަތް ކުރަނީ ހައްޤުބަސް ބުނަންކެރޭ އަދި ނޫނެކެ ބުނަންްޖެހެ ހާލަތްތަކުގަ ނޫނެކޭ ބުނަންކެރޭވަރުގެ މެންބަރުންކަން ދުވާފަރު ދައިރާގެ މަޖްލިސް މެންބަރު އިސްމާއިލް އަހްމަދު ވިދާލުވެއްޖެއެވެ.

މެމްބަރު އިސްމާއިލް މިހެން ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އަންހެނުންގެ ރޫހުގެ ރައީސަކަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ކެންޕެއިން ލޯންޗު ކުރުމަށް ށ. ލަންދޫގައި ބޭއްވި ޖަލްސާގައެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބަށް ފައްޔާޒާއި، ރޮޒެއިނާ އިންތިހާބު ކުުރުމަށް ގޮވާލައި އިސްމާއިލް ވިދަޅުވީ ސިޔާސީ ހަވާސާއިން ބޭރުވެ އެމްޑީޕީ އޮތީ ނިދި ޖެހިފައި ކަމަށެވެ. އެހެން ނަމަވެސް މިއީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރައްވައި އިސްމާއިލް ވިދާޅުވީ އިދިކޮޅުން އެދޭ ގޮތަށް އެމްޑީޕީގެ މެމްބަރުން ވަކިވެގަނެ ބަސްތައް ރައްދު ކުރުން އެއީ އަދި އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އަނިޔާވެރި 30 އަހަރުގެ ވެރިކަމެއް ނިމުމަކަށް ގެނައުމަށް ރައްޔިތުން މަސައްކަތް ކުރި އެންމެ ބޮޑު ސަބަބަކީ ވެސް ރައްޔިތުންގެ އަޑުއަހައި ހައްގު މަގަށް މަސައްކަތް ކުރާނެ ވެރިއެއް ގެނައުންކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ތެރޭގައި ތިބީ ހައްގު ބަސް ބުނަން ކުރޭ މެމްބަރުންކަމަށާއި، ވަކި ބަޔަކާއި ހެދި ނުވަތަ ވަކި ކަމަކަށް ޖެހިލުންވެ ބިރު ގަންނަން ޖެހޭ ސަބަބެއް ނެތްކަމަށް މެމްބަރު ވިދާޅުވި އެވެ.

“އަޅުގަނޑު ބުނާނީ އެމްޑީޕީ ވަންތަ މިނިސްޓަރެއް އެމްޑީޕީ ތެރެއިން ފެންނާނި އަޅުގަނޑުމެން މެންބަރުން ހަރަކާތްތެރިވެގެންނެވެ. އަޅުގަނޑުމެންގެ ދާއިރާއައްގޮސް ބެއްލެވީމަ ފެންނާނެ އަޅުގަނޑައްވެފަ އޮތްމޮޅެއްނޯންނާނެ. އެކަމަކު ދާއިރާ އެ ފިޔަޖަހަނީ. ތަރައްޤީއާގެން ކުރިޔައް އެދަނީ. ރައްޔިތުން އެތިބެނީ ހިނިތުންވެފަ. އަޅުގަނޑު އަޅުގަނޑުގެ ކަމަކު މިނިސްޓަރުގެ ގާތަކަށް ނުދަން. އަޅުގަނޑު ދަނީ އެމްޑީޕީ ވަންތަކަމާއި އެކު. ރައްޔިތުންގެ އާދެހައި އެކު އެބަދަލު ގެންނަން” އިސްމާއިލް އާދަމް

އެމްޑީޕީ އެތެރޭގައި ބަސް ބުނާމީހާ ބާކީ ކޮށްލުމުގެ އަސާސެއް އޮތްނަމަވެސް، މިއީ ގޯސްކޮށް ހިންގަމުންދާ ކަންކަމަށް ނޫނެކޭ ބުނަން ކެރިގެން ކުރިމަތިލެވޭނެ ފަހަރުކަން ވެސް އިސްމާއިލް އާދަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: