ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ހިންގާލަން އެންމެ ރަނގަޅު ކެންޑިޑޭޓް އަކީ ފައްޔާޒު: އެމްޕީ ރިޒާ

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް ފައްޔާޒު އިސްމާއިލަށް ތާއީދު ކުރަށްވާ ސަބަބަކީ ޕާޓީއަށް އައިސްފައިވާ ހީނަރުކަން ފިލުވާ، އެމްޑީޕީއަކީ ވަރުގަދައަށް ހިނގާ ޕާޓީއަކަށް ހެދުމަށް އެންމެ ރަނގަޅު ބޭފުޅަކީ ފައްޔާޒު ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށް ށ.މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ “ހިންގާލަން” ކެމްޕެއިން ޓީމުގެ ފަރާތުން އާއްމު ކުރި ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން ރިޒާ ވިދާޅުވީ، ޕާޓީގެ މެމްބަރުން ތިބި ހާލު ދެކިވަޑައިގެން، ޕާޓީއަށް އައިސްފައިވާ ހީނަރުކަން ނިމުމަކަށް ގެނައުމަށްޓަކައި އަދި ވަރުގަދަ ހިނގާ ޕާޓީއަކަށް ހެދުމަށް އެންމެ ރަނގަޅު ބޭފުޅެއް ގޮތުގައި އެނާއަށް ފެނިވަޑައިގަންނަވަނީ ފައްޔާޒު ކަމަށެވެ. އަދި ޗެއަރޕާސަންކަމަކީ އުމުރު ދުވަހު އެކަކު އަތުގައި އޮންނަ އެއްޗެއް ނޫން ކަމަށްވެސް އެނާ ވަނީ ފާހަގަކުރަށްވާފައިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އެ ޕާޓީގެ ޗެއަރގެ މަގަމަށް ވާދަކުރަށްވާ ފައްޔާޒު އާއި މެދު ވާހަކަދައްކަވަމުން ރިޒާ ވިދާޅުވީ އެނާއަކީ މަސައްކަތެއް ކުރަށްވަން ނުކުމެވަޑައިގެންފިނަމަ ގާބިލުކަމާއި އެކު އެ ކަމެއް ކުރަށްވާ ބޭފުޅެއްކަމަށެވެ. އަދި ވަރައް އިތުބާރާ ޔަގީން ކަމާއި އެކު މަސައްކަތްތައް ކުރައިށް ގެންދަވާކަން ފާހަގަ ކުރަށްވާ އެނާ ވިދާޅުވީ ފައްޔާޒު ހުންނަވާނީ އެނާ ބުނަން ބޭނުން ކޮންމެ ބަހެއް ވެސް ވިދާޅުވެލައްވާފައި ކަމަށާއި ކުރަން ބޭނުންވެލައްވާ ކޮންމެ ކަމެއްވެސް ކުރަށްވާ އަމަލީ ގޮތުން ކުޅަދާނަ ބޭފުޅަކަށް ވުމުން އެނާގެ ތާއީދު އޮންނެވީ ފައްޔާޒު އަށް ކަމަށެވެ.

ރިޒާ މިހެން ވިދާޅުވި އިރު ފެނަކައިގެ ޑީއެމްޑީ އިބްރާހިމް ވަހީދުވެސް ވަނީ އެނާ ފައްޔާޒު އަށް ތާއީދު ކުރަށްވަނީ ފައްޔާޒުގެ ހިންގުންތެރި ކަމުނާއި، އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރަށްވާތީ ކަމަށް ވިދާޅުވެފައިއެވެ. އަދި ފައްޔާޒު އަކީ ވަކި ފަރާތެއް ހާއްސަ ނުކޮށް ބަސް ބުނުއްވާ ޖެހިލުންވެވަޑައި ނުގަންނަވާ ބޭފުޅެއްކަމަށް އެނާ ވަނީ ފާހަގަ ކުރަށްވާފައިއެވެ، ރިޒާ އަދި އިބްރާހިމް ގެ އިތުރުން އެންވައިރޮމެންޓް މިނިސްޓަރ ޝައުނާވެސް ވަނީ ފައްޔާޒަށް ތާއީދު ކުރަށްވާކަން ދާދި ފަހުން ހާމަ ކުރަށްވާފައިއެވެ،

އެގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ ފައްޔާޒަކީ ޕާޓީ ކުރިއަރުވައި، 2023 ކާމިޔާބު ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކެނޑިޑޭޓް ކަމަށާއި ކޮންމެ މަސައްކަތެއްގައި ނަމަވެސް ކުރަށްވަނީ ރަނގަޅު ގޮތް ހޯދައި، އެކަމެއް ކާމިޔާބުކޮށް ކޮޅެއްގައި ޖައްސާވާނެކަމުގެ ފުރިހަމަ އިތުބާރު ފައްޔާޒަށް ކުރަށްވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެ ޕާޓީގެ ތެރޭގައި ވަނީ ބޮޑެތި ބައިބައިވުންތައް އުފެދިފައިކަން ފާހަގަކޮށްލެވެއެވެ، ބައިބައެ އުފެދިފައިވާ ކޯޅުންގަނޑުގެތެރޭ އެއް މެމްބަރަކު އަނެކާއަށް ހޫނު ބަހުގެ ހަމަލާތައް ރައްދުކުރަށްވަމުންދާކަންވެސް ފާހަގަކޮށްލެއެވެ، މިގޮތުން ފައްޔާޒު ގެ “ހިންގާލަން” ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުނަށް ކޮރަޕްޝަން، ވައްކަން އަދި ޒިނޭ ފަދަ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތުތައް ކުރެވެމުންދާއިރު، ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމުގެ ބޭފުޅުންނަށް މަސްތުގެ ހާލަތުގައި ތިއްބެވުމުގެ އިތުރުންް ރަށްރަށުގައި ހިންގަމުންދާ ބިޔަ މަޝްރޫއުތައް ގަސްތުގައި ލަސްކޮށް ސަރުކާރު ފެއިލްވެފައިވާކަމަށް ދައްކާ އެތެރޭގެ އިންތިހާބެއް ކާމިޔާބު ކުރަން އުޅުން ފަދަ ތުހުމަތުތައް ކުރެވެމުންދާ ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: