ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމާއި ކުރިމަތިލުމަށް ފައްޔާޒު ނަޝީދަށް ގޮވާލައިފި

ޗއަރޕާސަން ފައްޔާޒު އަދި ޗެއަރޕާސަންގެ ނައިބު އިބްރާހިމް: ފޮޓޯ/މުހައްމަދު ޝަބީން- އަަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕީގީ ގުރޫޕުން މަޖިލީހަށް ހުށައަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓާއި ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލު އެ ޕާޓީގެ ކުރީގެ ރައީސް، ނަޝީދަށް ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށައަޅާފައިވާ ގަރާރު ބަލައިނުގަނެ، މަޖިލީހުގެ ރިޔާސަތުން ޖަލްސާ ނިންމާލާފައިވާއިރު، ފައްޔާޒުވަނީ ރައީސް ނަޝީދުގެ އަމަލުތަކުން މީގެ ކުރިން ތާރީހުގައި ހިނގާފައިވާ ކަންކަންވެސް ކުޑަ ކަންކަން ގޮތުގައި ފެނިގެންދާކަމަށް ފާހަގަކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ، މަޖިލީހުގެ ކުރީގެ ރައީސް މަސީހު ހިންގެވި ޖަރީމާތައް މިއަދު ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ ފަރާތުން ފެނިގެންދާ އަމަލުތަކުގެ ސަބަބުން ކުޑަ ކަންކަން ގޮތުގައި ފެނިގެންދާކަމަށާއި، އަފީފް މަސައްކަތްކުރައްވާފައިވަނީ ވޯޓު ނުނެގުމަށްކަމަށްވެސް ވިދާޅުވިއެވެ.

https://x.com/faya_i/status/1723574799153369122?s=20

ފައްޔާޒު ވިދާޅުވީ، މިއަދަކީ ރާއްޖޭގެ މަޖިލީހުގެ ތެރޭގައި ޑިމޮކްރެސީއަށް ކުރަމުންދާ ދަތުރުގައި އަނދިރި ދުވަހެއްކަމަށެވެ. އޭނާވަނީ ރައީސް މުހައްމަދު ނަޝިދަށް ވޯޓަށް ނުފިއްލެވުމަށް އިލްތިމާސްކުރައްވާ އެކަމާއި ކުރިމަތިލެއްވުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: