ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑިޕީން ރައީސް މުއިއްޒު ވަކި ކުރާ ވަހަކައެއް ނުދައްކާ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ކުރުމުގެ ވާހަކަތަކެއް ނުދައްކާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ފައްޔާޒް ވިދާޅުވީ ޕާޓީގެ ލީޑަޝިޕްގެ ފަރާތުން ރައީސް ވަކި ކުރެއްވުމުގެ ވާހަކަ ނުދެކެވޭ ކަމަށާއި ނަމަވެސް ސަކަރާތަކަށް މެމްބަރުންގެ މެދުގައި އެ ވާހަކަ ދެއްކެވިފައި އޮވެދާނެ ކަމަށެވެ. އެހެންކަމުން ރައީސް ވަކި ކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ލީޑަޝިޕްގެ ބޭފުޅުން ނުގެންގުޅުއްވާ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމަކީ ގާނޫނު އަސާސީން ހުއްދަކުރާ ކަމެއް ނަމަވެސް އެފަދަ ކަމެއް ކުރުމުގެ ވިސްނުމެއް އެމްޑީޕީގެ ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ވިދާޅުވެފައެވެ.

ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރަން ނުވަތަ އަޒުލު ކުރުމުގެ މަސައްކަތް އެމްޑީޕީން ނުކުރާ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން ހުއްދަ ކުރާ ކަމެއް ކަމުގައިވީނަމަވެސް އެކަން އެ ޕާޓީން ނުކުރާ ކަމަށް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ވާހަކަ އެންމެ ގިނައިން އިވެނީ ސަރުކާރާއި ގުޅުންހުރި ބޭފުޅުން ދައްކަވާ އަޑު ކަމަށެވެ. އަދި އެމްޑީޕީއަށް މިފަދަ އެއްވެސް ކަމަކާ ގުޅޭ އެއްވެސް އިރުޝާދެއް ލިބިފައިނުވާ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނަގާ ވާހަކަ ދެކެވެމުންދަނީ ރައީސް އަޒުލުކުރާ ގޮތަށް ގާނޫނުގައި ބުނާ މާއްދާއަށް އިސްލާހު ހުށަހެޅުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި ހިމަނާފައިވާ މާއްދާއަށް ބައެއް އިސްލާހުތަކެއް ގެނެސް މަޖިލީހުން ވަނީ ފާސްކޮށްފައިވެއެވެ. އެގޮތަށް ފާސްކޮށްފައި ވަނިކޮށް އެމްޑީޕީގައި ތިއްބެވި މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގަނެފައެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި އިރު އެމްޑީޕީގައި އޭރު އޮތް މެޖޯރިޓީން އެކަނި ވެސް ރައީސް އާއި ނައިބު ރައީސް އަޒުލް ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލިހުން ދާދި ފަހުން އޮތީ ފާސްކޮށްފައެވެ. އޭރު އެމްޑީޕީގައި 56 މެމްބަރުން ތިއްބެވިއެވެ. ނަމަވެސް މިހާރު ޕާޓީގައި ތިއްބެވި މެމްބަރުންގެ އަދަދު 43 އަށް ވަނީ ދަށްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: