ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޓޯލްސް މިނިސްޓްރީއެއް އުފެއްދުމުގެ ނަމުގައި ކުރަންމުންދާ ކަންކަން ގާތުން ބަލަންޖެހޭ: ފައްޔާޒު

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޓޯލްސް މިނިސްޓްރީއެއް ހެދުމުގެ ނަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބަލަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން މާލެ ސިޓީގެ މޭޔަރގެ މަގާމަށް ވާދަ ކުރާ ކެންޑިޑޭޓް އާދަމް އާޒިމްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމަށް ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒުވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އަލަށް އުފައްދާފައިވާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މައްޗަށް އަލިއަޅުއްވާފައެވެ.

އޭނާ ވިދާޅުވީ، އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމަނާފައިވާ ކަންކަން ބަލަންޖެހޭކަމަށާއި ކައުންސިލުތަކުގެ ބާރު ނެގޭނެ އެއްވެސް އަކުރެއް ފިއްޔެއް ގާނޫނު އެކި އެކި ގޮތް ގޮތަށް މާނަކޮށްގެން ނަމަވެސް އެކަން ނުވާނެ ގޮތަކަށް ކަންކަން ނިންމަން ޖެހޭ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ތަސައްވަރުގައި މާލެއަށް ދާއިމީ ހައްލެއް ލިބޭނީ ރާއްޖޭގެ އެހެނިހެން ސަރަހައްދުތައްވެސް ތަރައްގީކުރެވިގެންކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މުޅި ރާއްޖޭގައި އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވީ އެކަން ގަބޫލުކުރެއްވޭތީކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއިން މާލެއަށް ކުރު ރާސްތާއާއި މެދު އަދި ދުރު ރާސްތާއަށްވެސް ވިސްނުންތައް ގެންގުޅޭނަމަވެސް އެންމެ ފަހުން ބޭއްވުނު އިންތިހާބުން މާލެ ސިޓީ ކައުންސިލު ގެއްލިގެންދިޔައީ ޕާޓީގެ ތެރޭގައި އޮތް ޒާތީކަމެއްގެ ސަބަބުންކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބު ގެއްލުމުގެ މައިގަނޑު ސަބަބަކީވެސް އެއީކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ، އޭރު އެ ފިތުނައިގެ ތެރެއިން މޭޔަރުކަމަށް ވަޑައިގެންނެވި ބޭފުޅާ މިއަދު އަނެއްކާވެސް ފިތުނައެއްގެ ތެރެއިން ހުންނެވީ ވެރިޔާގެ މަގާމަށް ވަޑައިގެންކަމަށެވެ. އޭނާ ވިދާޅުވީ، އެ ރަށެއްގެ ކަންކަން ކަނޑައަޅައި ނިންމައި ތަންފީޒުކުރުމުގެ ބާރު ލާމަރުކަޒީ ގާނޫނުން ލިއްބައިދީފައިވާކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ސިޓީ ކައުންސިލުގެ ހުރިހާ އާރާއި ބާރު ލިބިވަޑައިގެން ހުންނެވި މޭޔަރަކު މާލޭގެ އެއްވެސް މައްސަލައެއް ހައްލުކުރައްވާފައިނުވާކަމަށް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، އެމަނިކުފާނު ކުރެއްވި މަސައްކަތަކީ މާލޭގެ ހުރިހާ މަގުތަކެއް ވިއްކާލެއްވުންކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: