ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާކާމިޔާބީއާއިއެކު ފައްޔާޒް ވިދާޅުވީ އެމްޑީޕީން މައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާްބުދާރީ ކުރުވާނެ ކަމަށް

ރައީސް ސާލިހު އަދި ޗެއަރޕާސަން ފައްޔާޒު: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު އަދި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް މަރުހަބާ ދަންނަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރު ނިމިފައިވާއިރު، ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތްކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ވަނީ 45 އިންސައްތަ އާއި ގާތްކުރާ އަދަދެއްގެ ވޯޓު ލިބިވަޑައިގެންފައެވެ. އެމަނިކުފާނުގެ މައްޗަށް ޑރ މުއިއްޒު ކުރި ހޯއްދެވީ 54 އިންސައްތައާއި ގާތްކުރާ އަދަދެއްގެ ވޯޓު ހޯދައިގެންނެވެ.

ރައީސް ސާލިހުވެސް ބަލި ގަބޫލުކުރައްވާ ޕޯސްޓެއް ކުރައްވާފައިވާއިރު، ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން އޭނާ އިންތިހާބީ ރައީސް ޑރ މުއިއްޒުއަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ ރަނިންގް މޭޓު ގޮތުގައި ހުންނެވި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފަށްވެސް މަރުހަބާ ދަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީއިން މައި އިދިކޮޅު ޕާޓީގެ ގޮތުގައި ޒިންމާ އަދާކުރާނެކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޑިމޮކްރެސީގެ އަސާސްތައް ރައްކައުތެރިކުރުމަށްވެސް އެ ޕާޓީއިން މަސައްކަތްކުރަމުންދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 31%ވަރަށް ގަޔާވޭ 37%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 3%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: