ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރި ކަމާއި ބޭއިންސާފަށް ދާނަމަ މަޑުން ނުތިބެވޭނެ: ފައްޔާޒް

ފައްޔާޒު އިސްމާއިލް އަދި ޑރ.މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ކަމާއި ބޭއިންސާފާއި ދިމާލަށް ދާ ކަމުގައިވާނަމަ މަޑުން ނުތިބެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2013 ވަނަ އަހަރު ފެނުނު ފަދައިން އަލުން ޑިމޮކްރަސީއާއި ބޭއިންސާފަށް ވެއްޓޭތަން ބަލަން ނުތިބެވޭނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ޒިންމާދާރުވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ފައްޔާޒުގެ މި ޓްވީޓް އަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅާއިގުޅިގެން ކުރެއްވި ޕޯސްޓެކެވެ. ސޯޝަލް ސެންޓަރުގައި ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ، މިހާރު ސަރުކާރުގައި އޮތް ޕާޓީ އެމްޑީޕީ 17 ނޮވެމްބަރުގައި އިދިކޮޅަށް ވަޑައިގެންނަވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޑިމޮކްރެސީގެ އުސޫލުން މަރުހަބާ ކިޔުއްވާ، އަދި ބައްދަލު ކުރެއްވި ގޮތަށް ޒިނަމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތް ފެއްޓެވުމަށް އެދޭ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިތިބީ މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށާއި، ނަމަވެސް ސަރުކާރު ޒިންމާދާރުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

“ޑިމޮކްރަސީ އާއި ދެފުށް ފެންނަ ގޮތަށް ދެމެހެއްޓުމަށް ތިޔަ ބޭފުޅުންވެވަޑައިގެންނެވި ވައުދުތައް ދެމެހެއްޓުން އެދި ދުޢާކޮށް އުއްމީދު ކުރަން. ” ފައްޔާޒު 

އިތުރަށް ފައްޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި 2013 ވަނަ އަހަރު ފެނުނު ފަދައިން އަލުން ޑިމޮކްރަސީއާއި ބޭއިންސާފަށް ގައުމު ވެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: