ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާޖަރީއަށް ފަހު ރައީސްގެ ފުރަތަމަ ބައްދަލުވުން ރީކޯ އާއެކު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރީކޯ މޫސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ތައިރޮއިޑްގެ އާލާސްކަންފުޅަކަށް ފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ބައްދަލުވުމުގެ ފޮޓޯ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އާންމު ކުރަައްވައިފި އެވެ.

ފޮޓޯ އާންމުކުރަމުން ކުރެއްވި ޓްވީޓްގައި މޫސަ ވިދާޅުވީ ސާޖަރީއަށް ފަހު ރައީސް ހުންނެވީ ހެޔޮ ހާލުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ވީހާވެސް އަވަހަށް ރާއްޖެ ވަޑައިގަތުންކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ ދެބޭފުޅުންގެ ދެމެދު އެމްޑީޕީގެ ވާހަކަވެސް ދެކެވުނުކަމަށާއި، ޕާޓީގެ ފައުންޑަރ މެމްބަރެއްގެ ހައިސިއްޔަތުން އެތެރޭގެ އިންތިހާބުގައި ތާއީދު ކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށްކަން ރައީސަށް ދެންނެވި ކަމަށެވެ.

ރީކޯ މޫސަ އަކީ އެމްޑީޕީ އުފެދުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވައި ޕާޓީގެ ޗެއަޕާސަންގެ މަގާމުގައި ޕާޓީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީ އުފެދިގެން އައި ދުވަސްވަރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ފުރުސަތު ހަނިވެފައިވާ ޑިމޮކްރަސީ އާއި ބީރައްޓެހި ދުވަސްވަރެކެވެ.

އެގޮތުން ރީކޯ މޫސާ މަނިކު ފާހަގަ ކުރެވުނީ އޭރު ދިވެހި ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނިޔާވެރިކަމުގެ ވާހަކަ ފާހަގަ ހާމަކަން ބޮޑު ކަމާއެކު އެމްޑީޕީގެ އެކި އެކި ޖަލްސާތަކާއި އެއްވުން ތަކުގައި ބިރުކުޑަކަމާ އެކު ދައްކަވާ ޖެހިލުން ކުޑަ ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު މޫސަ ގެންދަވަނީ ރައީސާއި ގާތް ގުޅުމެއް ބާއްވަމުން ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ނިމިދިޔަ އަހަރު މޫސަގެ ރިސޯޓެއް ކަމަށްވާ ރަހާ ރިސޯޓްގައި ރައީސް ސޯލިހު ވަނީ މޫސައާ ބައްދަލު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: