ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީން ދަނީ އެމްޑީޕީ ރޫޅާލުމުގެ މަސައްކަތް ކުރަމުން: މޫސަ

މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީއްކޯ މޫސާ މަނިކް (ރީއްކޯ މޫސަ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިންވެގެން އެމްޑީޕީ ރޫޅާލުމުގެ މަސައްކަތްކުރަމުންދާކަމަށް މަޖިލީހުގެ ކުރީގެ ނައިބު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީއްކޯ) ވިދާޅުވެއްޖެއެވެ.

ޓުވީޓެއްކުރައްވާ މޫސަ ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ކުރިއަސް އަދި އެހެން ޕާޓީއަކުން ކުރިއަސް ގޯހެއް ވާނީ ގޯހަކަށްކަމަށެވެ. އެމްޑީޕީގެ ރަސްމީ އެއްވެސް ނިންމުމެއްނެތި އެމްޑީޕީގެ ބަޔަކު ގެންގޮސްގެން، ޖުމްހޫރީ ޕާޓީގެ ވެރިން އެމްޑީޕީ ރޫޅާލުމަށް ކުރަމުން އަންނަ މަސައްކަތްތަކައް ހިތްވަރުދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއިވެސް ހިލާފު އަދި ވަރަށް ނުކިއްސަރު އަމަލެއްކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ “ފިކުރެއްގެ ދިރުން” އިން ޖުމްހޫރީ ޕާޓީއާއި ބައްދަލުކުރުމުން ސިފަވީ 7 ފެބުރުއަރީކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އޭނާ މިފަދައިން ވިދާޅުވެފައި މި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ޖުމްހޫރީ ޕާޓީއާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާތީއެވެ. ރައީސް ނަޝީދު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަނެގެން މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ވާދަކުރައްވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ރައީސް ނަޝީދަށް ބޮޑެތި ތައުރީފުތަކެއް ކުރައްވާފައެވެ. ނަމަވެސް އެއަށްފަހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާއިއެކު ކުރިއަށްވަޑައިގެންނެވުމުގެ މަޝްވަރާއެއް ކޮށްފައިނުވާކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ބޮޑުތަނުން ކާމިޔާބު ހޯއްދަވައިގެން، ޕާޓީގެ ރިޔާސީ ޓިކެޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޔަގީންކުރައްވާފައިވީ ނަމަވެސް، ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހާއި ދެކޮޅަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. “ފިކުރެއްގެ ދިރުން” ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަވާ ސޮއި ހަމަ ކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއެވެ. ނަމަވެސް މިހާރު މި މަސައްކަތް ވަނީ މަޑުޖެހިފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: