ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމަށް ޝުކުރު އަދާކޮށް އަލީ ވަހީދު ޖޭޕީއާއި ދުރަށް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާއްސަ އެޑްވައިޒަރަކަށް ހުންނެވި އަލީ ވަހީދު އެ ޕާޓީން ވަކިވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު، މީޑިއާތަކާއި ދުރުގައި ހުންނެވި އަލީ ވަހީދު މިރޭ ވިދާޅުވީ ގާސިމާއި އެކު މަސައްކަތް ކުރުމަށް ލިބުނު ފުރުސަތަކީ ވަރަށް އަގުހުރި ތަޖުރިބާއެއް ކަމަށެވެ. އަދި ރައްޔިތުންނާއި ދިވެހި ގައުމުގެ ހައްގުގައި އަބަދުވެސް ދެމި ހުންނަވާނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދަކީ ރިޔާސީ އިންތިހާބުގައި ގާސިމްގެ އިންތިހާބީ އެޖެންޓެވެ. ކެމްޕެއިނުގައި ގާސިމާއި އެކު ގިނަ ރަށްތަކަށް ދަތުރު ކުރައްވައި ޖޭޕީގެ މެނިފެސްޓޯ ޕްރޮމޯޓު ކުރުމުގައި އަލީ ވަހީދު އިސް ދައުރެއް އަދާކުރެއްވި އެވެ. އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް އެންމެ ރަނގަޅީ ގާސިމް ފަދަ ވެރިއެއްކަން ފާހަގަކޮށް، ޖަލްސާތަކުގައި ވާހަކަ ދަައްކަވާފައި ވެއެވެ.

ގާސިމާއި ވަރަށް އަރިސްކޮށް ހުންނަވައި އަލީ ވަހީދު ޖޭޕީން ވަކިވި ސަބަބެއް ސާފެއް ނޫނެވެ. އެކަމަކު ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ވަޑައިގެން މީޑިއާތަކުގެ ސުވާލުތަކަށް އޭރު ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ކުރިމަތިލާން ޖެހުނު ކަންކަމަށް ފަހު ބޭނުންފުޅު ވަނީ ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވުމަށް ކަމަށެވެ. އަދި ފުޓްބޯޅައިގެ ދާއިރާއިން ކުރިޔަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާކަން ހާމަ ކުރި އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖޭޕީން ނިންމައި، ގާސިމް ވަނީ ލީޑާޝިޕް ހިމެނޭހެން ޕާޓީގެ ކޮންމެ ބޭފުޅަކަށް ވެސް، ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނާނެކަން ހާމަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: