ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގައި ވިސްނާނީ ގައުމުގެ މަސްލަހަތަށް، ވަރަށް އަވަހަށް ގޮތެއް ނިންމާނަން: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް ނިންމުމުގެ މަޝްވަރާތައް ޖުމްހޫރީ ޕާޓީން ފަށައިފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ލިބިފައި ވަނީ 5،460 ވޯޓާއި އެކު 2.4 އިންސައްތަ އެވެ. އިންތިހާބުގައި ވާދަ ކުރި އަމިއްލަ ކެންޑިޑޭޓު، އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވުރެ ވެސް މަދު ވޯޓާއި އެކު ގާސިމަށް ލިބިފައި ވަނީ ފަސްވަނަ އެވެ.

ކެމްޕެއިނުގައި ޖޭޕީން އެންމެ ގިނައިން ދައްކަމުން ދިޔަ އެއް ވާހަކައަކީ، އެ ޕާޓީއަކީ އެހެން ކެންޑިޑޭޓުންނަށް ވެރިކަން ހޯދައިދިން އަބަދުވެސް ތިންވަނައަށް ދާ ޕާޓީ ކަމަށެވެ. އަދި ދެވަނައަށް ދާ ކެންޑިޑޭޓާއި ދެމެދު ހުންނަނީ ކުޑަ ފަރަގެއްކަމަށް ބުނެފައި ވެއެވެ.

ނަތީޖާތަކަށް ފަހު އެއް ދުވަސް ފަހުން، މިއަދު ޖޭޕީން އާންމު ކުރި ކުރު ބަޔާނެއްގައި ބުނީ ގާސިމަށް ތާއީދުކޮށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދެވަނަ ބުރަށް ދިޔަ ކެންޑިޑޭޓުންނަށް މަރުހަބާ ކިޔައި ޖޭޕީން ބުނީ ކޮންމެ ނަތީޖާއެއް ލިބުނު ނަމަވެސ އެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ ގައުމުގެ އިސްލާހަށާއި، ރައްޔިތުންގެ ކުރިމަގާއި ފާގަތިކަމަށް އަބަދުވެސް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން، އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ނިމިގެންދިޔަ އިންތިޚާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ޤައުމުގެ އިޞްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް މި ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށާއި، ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި މި ޕާޓީ ދެމިއޮންނާނޭ ކަމުގައި ދަންނަވަމެވެ. އަދި މިވަގުތު ޤައުމުގެ މަޞްލަޙަތަށްޓަކައި އިންތިޚާބުގެ ދެވަނަ ބުރާ ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢްލާން ކުރާނޭ ވާހަކަ ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އެހެންކަމުން މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން ނިންމާނެ ގޮތެއް ކައުންސިލް މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އިއުލާނު ކުރާނެކަމަށް އެ ބަޔާނުގައި ވެއެވެ.

ދެވަނަ ބުރުގައި ތާއީދު ކުރާނީ 38 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތޯ ނުވަތަ 46 އިންސައސައްތަ ވޯޓު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތޯ ވަރަށް އަވަހަށް ނިންމާނެކަމަށް ޖޭޕީން ބުނިއިރު އިދިކޮޅުން ޖޭޕީއާއި އެކު ކޯލިޝަނަށް ދާން ބޭނުން ނުވާކަމަށް ވެސް ވާހަކަތައް ދަނީ ދެކެވެމުންނެވެ. އަދި އެ ޕާޓީއާއި އެކު މަޝްވަރާ ނުކުރުމަށް އިދިކޮޅު ލީޑަރު ރައްީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިރުޝާދު ދެއްވިކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަމަކު އަދި އެ ޕާޓީން ރަސްމީކޮށް އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: