ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ދެކޮޅަށް ވާހަކަދެއްކެވި ޖޭޕީގެ އިތުރު އިސް މެންބަރުންތަކެއް އެމްޑީޕީއަށް!

ޖޭޕީގެ އިސް މެންބަރުންތަކެއް އެމްޑީޕީއާއި ގުޅިވަޑައިގަތުން. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހީމްއާއި، ޖޭޕީގެ އެހެން ބައެއް އިސް މެންބަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމައިފިއެވެ.

މިބޭފުޅުން އެމްޑީޕީއާއި ގުޅިވަޑައިގަތީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއިދު ހޯދުމަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން، މިރޭ އެމްޑީޕީ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.

އަމީންގެ އިތުރަށް ރައީސް ސާލިހުގެ ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަމީންވެސް އެމްޑީޕީއަށް ތާއިދުކުރަން ނިންމާފައިވާކަން މި ޖަލްސާގައި ހާމަކުރެއްވިއެވެ. ހެލްތް މިނިސްޓަރުކަމުން އަމީން ވަކިކުރީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައެވެ.

މިކަމާއި ގުޅިގެން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއިން ކުރަމުން ގެންދާ މަސައްކަތުގައި އެއީ އާ މޫނުތަކެއް ނޫންކަމަށެވެ.

ޖޭޕީގެ އިސް މެންބަރުންތަކެއް އެމްޑީޕީއާއި ގުޅިވަޑައިގަތުން. ފޮޓޯ: އެމްޑީޕީ

އެ ޖަލްސާ ބާއްވާފައިވަނީއެންމެން މިކޮޅަށް، އަނިޔާވެރިކަމާއި ދެކޮޅަށް” ނަމުގައެވެ. ރައީސް ވިދާޅުވީ އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް އެމްޑީޕީގެ ކެމްޕެއިންއާއި ގުޅިވަޑައިގެން ޖޭޕީގެ ބޭފުޅުންނަކީ މީގެ ކުރިންވެސް އިސްލާހީ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންތަކެއްކަމަށެވެ.

އަޅުގަނޑުމެންގެ މަގްސަދާއި އަމާޒަކީ އެއް އަމާޒެއް. އެއީ އަނިޔާވެރިކަމަށް ނޫނެކޭ ބުނުން އަދި ރައްޔިތުންނަށް އުފާވެރި ދުވަހެއް ހޯދައިދިނުން.

ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވީ ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ޖޭޕީގެ މެންބަރުންގެވެސް ބައިވެރިވުމާއިއެކު އެމްޑީޕީވެސް ހިމެނިގެން ކުރިއަށް ގެންދިޔަމޭޑޭމުޒާހަރާއެވެ.

އަމީން އަދި ޖޭޕީގެ އެހެން ބޭފުޅުންވެސް ކެމްޕެއިންއާއި ގުޅިވަޑައިގަތީ ޕާޓީގެ ހައިސިއްޔަތުން ނޫން ނަމަވެސް މިއީ ދެވަނަ ބުރު ކާމިޔާބުކުރުމަށް ލިބުނު ހިތްވަރަކަށް ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ޖޭޕީގެ ލީޑަރ ގާސިމްގެ ސްޕެޝިއަލް އެޑްވައިޒަރު، ރިޔާޒް ރަޝީދާއި، ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދު (ބޮކި ސައީދު)  އަދި ޖޭޕީގެ އިސްތަރުޖަމާން އަދި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވަނީ އެމްޑީޕީއަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި ގާސިމްގެ ކެމްޕެއިން އޭޖެންޓްގެ ގޮތުގައި ހަރަކާތްތެރިވި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް މީގެ ތެރޭގައި ހިމެނެއެވެ.

ޖޭޕީއިން ރިޔާސީ އިންތިހާބަށް ކުރި ކެމްޕެއިންގައި ސަރުކާރާއި ދެކޮޅަށް އެތައް ވާހަކަތަކެއް ދެއްކެވިކަން ފާހަގަކުރެވެއެވެ. ކޮރަޕްޝަނާއި، ފަސާދައިގެ ތުހުމަތުތަކާއިއަދި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ތުހުމަތުކުރިއެވެ. އެމްޑީޕީއަށް ތާއީދުކުރުމަށް ނިންމެވި ޖޭޕީގެ ބޭފުޅުންވެސް މި ވާހަކަތައް ދައްކަވާ، މި ސަރުކާރަށް ދެވަނަ ދައުރެއް ހައްގު ނޫންކަމަށް ވިދާޅުވެ ވާހަކަދެއްވިއެވެ.

އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށް ޖޭޕީއިން ނިންމުމަށްފަހު ގާސިމް ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކާއިއެކު ކޯލިޝަން ނުހެދީ ސަރުކާރުތަކުން ކުރާ ގޯސްތަކުގެޒިންމާ ނަގަންޖެހޭތީކަމަށެވެ. އަދި އެ ގޯސްތައް ހައްލުކުރުމުގެ ފުރުސަތު ނުލިބޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ޖޭޕީގެ މެންބަރުންނަށްވެސް އަމިއްލަހައިސިއްޔަތުން ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ ފުރުސަތު އޮންނާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: