ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ސަފީރަކު ތިއްބެވި ގައުމު ބަދަލުކުރުމަށް މަޖިލީހުން ރުހުންދީފި

ރައްޔިތުންގެ މަޖިލިސް - ފޮޓޯ މަޖިލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ހިކިފިނިފެންމާގެ އުމަރު އަބްދުއްރައްޒާޤު އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ. ފިޔާތޮށިގެ ހަސަން ސޯބިރު އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފިއެވެ.

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަރީރުކަމަށް އުމަރު އަބްދުއްރައްޒާގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފަައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ.

ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހަސަން ސޯބިރު އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ.

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދު ( އީޔޫ ) އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަން ކުރެވުނު އުމަރު އަބްދުއްރައްޒާގު ކުރިން ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރުގެ މަގާމުގައެވެ. މީގެ އިތުރުން ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެވުނު ހަސަން ސޯބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހި ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: