ރަށްރަށުގައި އެމްޑީޕީގެ ގޮފިތައް ހިންގާނީ އެ ދާއިރާއެއް ތަމްސީލް ކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ކުރީގެ ރައީސް ސިފާ މުހައްމަދު ވިދާޅުވުމުން އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސްގެ މަގާމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސިފާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރަށްރަށުގައި އުފައްދާފައިވާ އެމްޑީޕީގެ ގޮފިތައް ނުހިގާ ކަމަށް ވިދާޅުވެ ރޮޒެއިނާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ސިފާ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ސިފާ ވިދާޅުވީ ދާއިރާ ހިންގާނީ އެ ދާއިރާއަކަށް ހޮވިފައިވާ ގައުމީ މަޖިލީޙުގެ މެމްބަރުންނާއި އެ ދާއިރާގެ ކޮމެޓީން ކަމަށެވެ. އަދި ވިދާޅުވީ ރަށްރަށުގައި ގާއިމް ކޮށްފައިވާ އެމްޑީޕީގެ ގޮފިތައް ނުވަތަ ދާއިރާތައް ހިންގުމަކީ ޕާޓީގެ މައި އޮފީހުން ކުރާ ކަމެއް ނޫން ކަމަށެވެ. ސިފާ ވަނީ އެމްޑީޕީގެ ނިޒާމް ރޮޒެއިނާއަށް އެނގިވަޑައިގަންނަވާތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
Dhaairaa hingani edhaairaaehge hovifaivaa GM memberaai adhi dhairaage committe aai eku . Mi Partyge nizamthah oiy goiy ves saaf nuvey dheno . Mai ofeehun kuraakameh noon . Dhaairaa hinganvaagoiy varah saafkoh liyefaa ebaoiy . @Imthiyazfahmy @Shafeea_Z . pic.twitter.com/Af5C52ZVk9
— Shifa Mohammed???????????? (@SifaMohammed) March 9, 2022
ސިފާ މުހައްމަދު އަކީ މާލޭ ސިޓީގެ ކުރީގެ މަތަރެވެ. އަދި މިހާރު ސިފާއަކީ އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްއެވެ.
ސިފާގެ ވާހަކަތަކަށް ރައްދު ދެއްވައި ރޮޒެއިނާ ވަނީ ސިފާއަށް ގިނަ ސުވާލުތަކެއް އަމާޒް ކުރައްވާފައެވެ. އެގޮތުން އެމްޑީޕީއަށް ލިބުނު 12 މިކިޔަނުން ހަމައެކަނި ހިންގަންވީ އެމްޑީޕީގެ މައި އޮފީސްތޯ ވިދާޅުވެ ރޮޒެއިނާ ސިފާއަށް ސުވާލު އަމާޒް ކުރެއްވިއެވެ. އަދި ދާއިރާ ހިންގަންވީ ދާއިރާއަށް އިންތިހާބުވެފައިވާ ގައުމީ މަޖިލީޙުގެ މެމްބަރުންގެ ޖީބުން ހަރަދު ކޮށްގެންތޯ ރޮޒެއިނާ ސިފާއާ ސުވާލު ކުރެއްވިއެވެ.
ރޮޒެއިނާ ވިދާޅުވީ ސިފާ އެ ވިދާޅުވާ ނިޒާމް ބޭނުން ނުވާ ކަމަށް ރަށްރަށުން ބުނަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސިފާ މާލޭގައި ހުންނަވައިގެން ދުވަހަކުވެސް ނިޒާމް ސާފް ނުވާނެ ކަމަށެވެ.
Anekka aneh vaahaka. Partyah libunu 12 millionun hinganvee Male’ office? Ehen dhaaira thah hinganvee dhaaira rayyithunna GM membarunge jeebun? Thi nizaam beynumeh nooney rahrashun ebunanee! Kamana Male’ ga thihen innavaigen nizaam dhuvahakuves saafeh nuvaane!#MDPhingaalan https://t.co/QwXRx0mhKm
— ???????? ???????????????????????????? ???????????????? ???? (@Roxeyna) March 9, 2022
އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ ރަށްތަށުގައި ގާއިމް ކޮށްފައިވާ އެމްޑީޕީގެ ގޮފިތަކާއި ކޮމެޓީތައް ނުހިގާ ކަމުގެ ޝަކުވާ ދާއިރާތަކުން ކުރަމުންދާ ކަމަށެވެ. އަދި ދާއިރާތަކުގައި ޕާޓީގެ ހަރަކާތް ހިންގުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

