ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ހިއްކި ސަރަހައްދު ވަގުތީގޮތުން ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ ދަށުން މިހާރު ހިއްކާފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުން އެމްޓީސީސީ ޢާއި ހަވާލުކޮސްގެން ރަށްތައް ތަރައްޤީކުމަށް ކުރިޔައްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހިއްކާ ސަރަހައްދު ހިމާޔަތް ކުރަނީ އެ ސަރަހައްދު ގިރައިގެންދިޔަ ނުދޭންށެވެ.

މި މަޝްރޫގެ ދަށުން 16.7 ހެކަޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 200 މީޓަރުގެ ލިންކް އަކުން ކޮމަންޑޫ އަދި މަތި ކޮމަންޑޫ ގުޅުވަލުމަށް ހަމަޖެހިފައިވާކަންވެސް އެކުންފުނިން މައުލޫމާތުދެއެވެ.

މި ޕްރޮޖެކްޓްގައި 1690 މީޓަރުގެ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ 249.90 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: