ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން އަންނަ އދ ގެ ސެކްރެޓަރީ ޖެނެރަލްއަކަށް އަންހެނެއް ހޮވުމަށް ޝާހިދު ގޮވާލައިފި

އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެން އަންނަ އދ ގެ ސެކްޓަރީ ޖެނެރަލް އަކަށް އަންހެނަކު ހޮވުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައިފިއެވެ.

އާއްމު މަޖިލީހުގެ ރައީސް ޝާހިދު މިކަމަށް ގޮވާލެއްވީ އދ ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އދގެ 76 އަހަރުވީ ތާރީހުގައި އަންހެނަކު މި މަގާމަށް އައްޔަން ކުރައްވާފައި ނުވާކަން ފާހަގަ ކުރައްވަމުން ޝާހިދު ގޮވާލީ ދެން އަންނަ ދައުރަކަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވުމަށެވެ. ނަމަވެސް 4 އަންހެން ކަބަލަކު ރައީސްކަން އަދާ ކުރެއްވި ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ ”ގޯލްޑް ސްޓޭންޑަރޑް“ ކަނޑައެޅުމުގެ ވާހަކަ އދ އިން ދައްކާއިރު، އެކަމުގެ މިސާލު އދ ގައި ނުދައްކާ ނުތިބެވޭނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދެން އަންނަ ދައުރަށް އަންހެނަކު ހޮވުމަށް ޝާހިދު ގޮވާލެއްވި ގޮވާލުމަށް މެންބަރުން ގައުމުތަކުން ވަނީ ހޫނު ތަރުހީބެއް ދީފައިކަން ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: