ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒެއިނާ އިންތިއަށް: ތިގޮތަށް ޕާޓީ ތެރޭ ނަފްރަތު އުފައްދަން ނޫޅޭ!

ފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ޕާޓީ ތެރޭގައި ނަފްރަތު އުފައްދަން މަސައްކަތް ނުކޮށް ރީތި ކެމްޕޭނެއް ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައިފި އެވެ.

އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަހުސް ކުރުމުގައި ބޭނުންކޮށް އޮޅެނީ ޕާޓީ އިސްލާހު ކުރާ ވާހަކައާއި ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ޕާޓީގެ އެތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ. އަދި އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، ޕާޓީ ދަނީ މުޅިން އެހެން މަގަކުންކަމަށް ބުނެ ބަސްތައް ދަނީ ބަދަލު ކުރަމުންނެވެ.

އެމްޑީޕީގެ އިންތިހާބުގައި ޗެއާޕާސަނަކަށް ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސްކަމަށް އައުމަށް ރޮޒެއިނާ ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދާފިފަހުން ކެމްޕެއިން ބައްދަލުވުމެއްގައި އިންތި ވަނީ ރައީސް ނަޝީދު ޕާޓީން ބޭރު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ރައްދު ދެއްވައި، ވީޑިއޯއެއް ޓްވީޓުކޮށް ރޮޒެއިނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ކުރިޔަށް ދަނީ އިދިކޮޅާއި ދެމެދު މުޒާހަރާއެއްތޯ ސުވާލު ކުރައްވާފަ އެވެ. މިއީ އެތެރޭގެ އިންތިހާބެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ދޮގު ހަދައި ފިތުނަ އުފައްދަން މަސައްކަތް ނުކުރުމަށް އެދޭ ކަމަށެވެ. އަދި ދޮގު ހެދުމާއި ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ޕާޓ އަށް ހަމަ އެންމެ ފައިދާ ހުރި ގޮތްތޯ ރޮޒެއިނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ޗެއަރޕާސަން އިންތިހާބުގައި ފައްޔާޒާއި އިންތި ގެންދަވަނީ ކެމްޕޭން ހަރަކާތް ތަކުގައި ރާއްޖޭގެ ރަށްތަކަށް ދަތުރުކުރަމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާގެ ބަންދުގައި އިންތިގެ ޓީމުން ގދ ތިނަދޫ ގައި މެނިފެސްޓޯ އިފްތިތާހު ކުރުމަށް ޖަލްސާއެއް ވަނީ ބާއްވާފައެވެ. އަދި ފައްޔާޒްގެ ފަރާތުން ހއ ހޯރަފުށީގައި ކެމްޕޭން ހަރަކާތެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހުސްދޮގު ފައްޔާޒަކީ ރައީސް ނަސީދު އަށް ވަރަށް ބޮޑަށް ޒާތީވެގެން އުޅިއްވާ ބޭ ފުޅެއް ރައީސް މައުމޫން ބޭރުކުރިހެން ބޭރުކުރާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: