ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލޭނިންގް މިނިސްޓްރީގެ ތުހުމަތުތަކަށް މޭޔަރު މުޢިއްޒު ރައްދު ދެއްވައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު/ ފޮޓޯ: މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖް މަޝްރޫޢުއަށް މާލެ ސިޓީ ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށް ބުނެ، ޕްލޭނިންގް މިނިސްޓްރީން ކުރަމުންދާ ތުހުމަތަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުރައްދު ދެއްވައިފިއެވެ.

މިނިސްޓްރީގެ ތުހުމަތުތައް ދޮގު ކުރައްވަމުން މޭޔަރ ވަނީ އެ މިނިސްޓްރީން މިކަމުގައި މާލޭގެ ރައްޔިތުންނަށް އޮޅުވާލާފައިވާކަން ތަފްސީލާއިއެކު މާލޭގެ ރައްޔިތުންނަށްހާމަކޮށްދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ދެކުނު ފަރާތުގައި އޮންނަ ސިނާޢީ ސަރަޙައްދު ހުސްކޮށް އިޤްތިޞާދީ މަސައްކަތްކުރުމަށް ހުސްކޮށް ހުރި 13 ސްލޮޓް ސިނާޢީ އެކި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލުމާއިއެކު ޕްލޭނިން މިނިސްޓްރީން ވަނީ އެކަން ހުއްޓުވުމަށްފަހު މާލެ ސިޓީ ކައުންސިލުގެ މައްޗަށް ތިލަމާލެ“ ބްރިޖްގެ މަޝްރޫޢުއަށް ހުރަސްއަޅާކަމުގެ ތުހުމަތު ކޮށްފައެވެ.

އެގޮތުން އެ މިނިސްޓްރީން ވަނީ ވިލިމާލެ ސިނާއީ ސަރަޙައްދު، ބްރިޖް މަޝްރޫޢުއަށް ބޭނުންވާ ކަމަށާއި، އެކަން ސިޓީ ކައުންސިލަށްވެސް އަންގާފައިވާނެ ކަމަށް ބުނެ، މީޑިއާތަކަށް ދޮގު މަޢުލޫމާތު ދީފައެވެ.

އެހެންނަމަވެސް މިނިސްޓްރީއިން ހިއްސާކުރި ދޮގު މަޢުލޫމާތު ތަކުގެ ޙަޤީޤަތާއި، މަޝްރޫޢުގެ ތަފްޞީލް ރޭ ލޮނުޒިޔާރާތް ޕާކުގައި ބޭއްވި، ސިޓީ ކައުންސިލުގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވަނީ ސާފުކޮށްދެއްވާފައެވެ.

މޭޔަރު ވިދާޅުވީ ވިލިމާލޭގެ ސިނާޢީ ސަރަޙައްދުގެ ބައެއް ބިންތައް ހުސްކޮށް ހުރުމުން، މާލޭގެ ރައްޔިތުންނަށް އެތަންތަނުގެ ބޭނުން ކުރުމުގެ ފުރުސަތުދޭން އެކައުންސިލުން އިއުލާނު ކުރިއިރު، އެ ސަރަޙައްދު، ބްރިޖް މަޝްރޫޢުއަށް ބޭނުންވާނެކަން މިނިސްޓްރީއިން ސިޓީ ކައުންސިލަށް އަންގާފައިނުވާ ކަމަށެވެ.އަދި 2021 އަހަރުގެ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހު ޕްލޭނިންގް މިނިސްޓްރީއިން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގެ ތަފްސީލްވެސް މޭޔަރ ވަނީ ދެއްވާފައެވެ.

އެ ސިޓީގައި ބްރިޖް މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ސަރަޙައްދު ކަމަށް ބުނެ، ސިޓީ އާއެކު އެއްކަރުދާސް ކޮށްފައިވާ ޗާޓުގައި ސަރަޙައްދެއް ފާހަގަކޮށް، ބްރިޖް މަޝްރޫޢުއަށް ބޭނުންވާ ތަނަކީ އެއީ ކަމަށްވެސް މިނިސްޓްރީގެ ސިޓީގައި ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭރު ޕްލޭނިންގް މިނިސްޓްރީ އިން ފާހަގަކޮށްފައިވާ ސައިޓަކީ ސިނާއީ ސަރަޙައްދަށް އަރާ ތަނެއް ނޫންކަން މޭޔަރު ވަނީ ތަފްސީލާއިއެކު ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ސިޓީ ކައުންސިލުން ވިލިމާލޭ ސިނާޢީ ސަރަޙައްދު ކުއްޔަށް ދިނުމަށް ހުޅުވައިލީ، ޕްލޭނިންގް މިނިސްޓްރީން، ޗާޓުގައިފާހަގަކޮށްފައި ނުވާ ބިންތައް ކަން މޭޔަރު ޔަޤީންކޮށްދެއްވިއެވެ.

 

 

 

 

ގެ އިތުރުން މޭޔަރު މުޢިއްޒު ވަނީ އެތައް ބަޔަކު އިންވެސްޓް ކޮށްފައިވާ ސިނާޢީ ސަރަޙައްދު، ބްރިޖު މަޝްރޫއަށް ބޭނުންވާނަމަ، އެތަން ނެގޭނެ ކަމަށާއި، އެހެންނަމަވެސް އެކަން ކުރަންވާނީ ޤާނޫނުގެ ތެރެއިންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބަޔަކު އިންވެސްޓް ކޮށްފައިވާ ތަނެއް،ޤައުމީ އިދާރާއެއްގެ ބޭނުމަށް ނަގާނަމަ، ބަދަލު ދޭން ޖެހޭކަމަށާއި އެގޮތަށް އެކަން ކުރާނަމަ ސިޓީ ކައުންސިލުން އެކަމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އެކަމުގެ އެއްވެސް ވާހަކައެއް ނާދޭ. މަޝްވަރާއެއްވެސް ނުކުރޭ. ހަމަ ސިޓީއެއް ފޮނުވާލަނީ. އެގޮތަކަށް އެކަމެއް ނުހިނގާނެ. އެގޮތަކަށެއް ކައުންސިލަކާ ގައުމީ އިދާރާއަކުން މުއާމަލާތެއް ނުކުރެވޭނެ

މިއާއިއެކު ސިޓީ ކައުންސިލުން ބްރިޖް މަޝްރޫޢުއަށް ހުރަސް އަޅާކަމަށް ޕްލޭނިންގް މިނިސްޓްރީއިން ކުރާ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން މޭޔަރ ވިދާޅުވީ އެ މަޝްރޫޢު ކުރިއަށްދިޔުމަކީ ސިޓީ ކައުންސިލުން އެދޭ ކަމެއްކަމަށާއި ކައުންސިލުން މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ސަރުކާރަށް އެހީތެރިވާން ހުށަހަޅައި، ޕްލޭނިންގް މިނިސްޓްރީއާ ބައްދަލު ކުރަން އެދުނު ނަމަވެސް އިސް ވެރިޔަކު ބައްދަލުވެސް ކޮށްފައި ނުވާކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލްގެ އިޚްލާސްތެރި މަސައްކަތްތައް ރައްޔިތުންނަށް އޮޅުވާލުމާއި މިފަދަ ތުހުމަތުތައް ކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

އަޅުގަނޑުމެންނަކީ ތަރައްޤީގެ ފިކުރުގެ މީހުން. އަޅުގަނޑުމެން ބޭނުންވަނީ ތަރައްޤީއާ އެކީގައި ކުރިއަށްދާން. ނަމަވެސް ސަރުކާރުގެ ބައެއް ވުޒާރާތަކުން އަޅުގަނޑުމެންނަށް އެބަ އިނގިލި ދިއްކުރޭ، އަޅުގަނޑުމެންނަކީ ތަރައްޤީއާ ދެކޮޅު ހަދާ، ބްރިޖު އެޅުމާ ދެކޮޅު ހަދާ، މިވެނި މަޝްރޫއަކަށް ހުރަސް އަޅާ ބައެއް ކަމަށް. މީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް

ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެ މޭޔަރާއި ކައުންސިލަރުންވެސް އަންނަނީ ތަކުރާރުކޮށް އެވާހަކަތައް ދައްކަވާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: