ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްސެގެ މަރުގެ މައްސަލަ: ސުމޮން މެރުމަށް ކޯޓުން ހުކުމްކޮށްފި

އިއްސެގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ބަންގްލްދޭޝްގެ ސުމޮން މިއާ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި އިސްމާއިލް އުމަރު (އިއްސެ) މަރާލިކަމުގެ ކުށް ސާބިތުވެ ބަންގަލަދޭޝްގެ ރައްޔިތެއްކަމަށް ވާ ސުމޮން މިއާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖޫން، 2017 ގައި އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އިއްސެ މަރާލި ކަމަށް ދައުލަތުން ދައުވާކުރަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ސުމޮން މިއާގެ މައްޗަށެވެ. އިއްސެގެ މަރުގެ ތުހުމަތުގައި ސުމޮން މިއާ ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އޭރުން ފެށިގެން މިދިޔަ ބުދަ ދުވަހު ހުކުމް އިއްވުމާއި ހަމައަށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މި މައްސަލައިގައި ކުށަށް އިއުތިރާފުވީ ދުވަހު ސުމޮން ޝަރީއަތުގައި ބުނީ، އިއްސެ މަރާލީ އިތުރު ގަޑީގެ ފައިސާ ނުދޭތީ ކަމަށެވެ. އަދި އޭނާގެ އަންހެނުންނަށް ގުޅައިގެން އިންނަ ވަގުތުގައި، އޭނާއަށް އަމާޒުކޮށް އެއްޗެހި ކިޔައި އުޅޭތީ ކަމަށެވެ. އޭގެ ސަބަބުން އަންހެނުން އޭނާ ދެކެ ރުޅި އައިސް، މައިންބަފައިންގެ ގެއަށް ދާ ވާހަކަ ވެސް ބުނިކަމަށް ސޮމުން ކިޔައިދިނެވެ.

އެހެންވެ، އިއްސެ މަރާލުމުގެ ނިޔަތުގައި ވާގަނޑެއް ހިފައިގެން ގޮސް އިއްސެގެ ކަރަށް މަޅި ޖަހައި މަރާލަން އުޅުނީ ކަމަށް ސުމޮން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވީ ކަރަށް ވާގަނޑު ބާރުކުރުމަށް މަސައްކަތް ކުރަނިކޮށް، އެ ވަގުތު ނިދާފައި އޮތް އިއްސެ ހޭލުމުންނެވެ. އަދި އިއްސެ، އެވަގުތު އޭނާއަށް ހަމަލާދިންކަމަށް ސުމޮން ބުންޏެވެ.

އިއްސެ ހަމަލާދިނުމުން ސުމޮން ވަނީ އިއްސެގެ ގައިގާ އަތުން ޖަހާ ވަޅިން ހަމަލާ ދީފައެވެ. އޭގެ ތެރޭގައި ސޮމޮންއަށް ވެސް އަނިޔާވިއެވެ. ސޮމޮން ބުނީ ދެވަނަ ފަހަރަށް އޭނާ ހަމަލާ ދިނީ އިއްސެގެ ކަރަށް ކަމަށެވެ. އަދި ދެ ފަހަރަކަށް އިއްސެގެ ކަރަށް ވަޅިން ހަމަލާދިން ކަމަށް އޭނާ ބުނެފައި ވެއެވެ. އެ ހަމަލާއިން ވެސް އިއްސެ މަރު ނުވުމުން އޭނާ ބިންމައްޗަށް ވައްޓާލާ އަނެއްކާވެސް ކަރަށް ވަޅިން ހަމަލާދިނީ ކަމަށް ސުމޮން ބުންޏެވެ. އޭގެ ފަހުން އެތަނުން ނިކުމެގެން ދިޔަ ކަމަށް ސޮމުން ބުންޏެވެ.

ހުލާސާ ބަޔާން އިއްވުމުން މިދިޔަ އަހަރުގެ ޝަރީއަތުގައި ސުމޮން ކުށަށް އިންކާރު ކުރި އެވެ. ސުމޮންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. މީގެ ކުރިން ޝަރީއަތްތަކުގައި ކުށަށް އިއުތިރާފުވެފައިވާ، ސުމޮން އިއްސެ މަރާލާފައި ނުވާނެކަމަށް ފަހުން ކުރިޔަށް ގެންދިޔަ ޝަރީއަތްތަކުގައި ބުންޏެވެ. އޭނާ ބުނީ ކުށަށް އިއުތިރާފުވީ ފުލުހުން އޭނާއަށް ބިރު ދައްކައި، އިންޒާރު ދިނުމުން މަޖުބޫރެއްގެ ތެރެއިން ކަމަށެވެ.

ފުލުހުން ތިން ދުވަސް ވަންދެން އަނިޔާ ކުރިކަމަށް ބުނެ ދެއްކި ވާހަކަ ވެސް ދޮގުކޮށް ދައުލަތުން ޝަރީއަތުގައި ބުނީ އެ ހާދިސާ ހިނގައިދިޔަ ގޮތާއި އޭނާ އިއްސެއަށް ހަމަލާ ދޭން ޖެހުނު ސަބަބު ސުމޮން ކިޔާދިން ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ސުމޮން ދިން ބަޔާނާއި، ޝަރީއަތުގައި ދެއްކި ވާހަކައައިގައި ތަފާތެއް ނެތްކަން ފާހަގަ ކުރި އެވެ.

އެހެންވެ ޝަރީއަތުން ނިންމީ ސުމޮން ބުނާ ކަންކަން ސާބިތު ކުރަން ހެކި ހުށަހެޅުމުގެ ފުރުސަތެއް ދިނުމަށެވެ. އެކަން ފާހަގަކޮށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނީ ދިފާއީ ހެކީގެ ބަހުން ސުމޮން މިއާއަށް އަނިޔާކޮށް ބިރުދައްކާފައި ނުވާނެކަމަށް ބުނެފައި ވާތީ އިތުރު ފުރުސަތެއް ދިން ނަމަވެސް ކުށަށް އިންކާރު ކުރި ސަބަބު ސާބިތުކޮށްދިނުމުގެ ގޮތުން ޝުމޮން މިއާގެ ފަރާތުން އެކަށީގެންވާ ހުއްޖައްތެއް ޝަރީއަތަށް ދެއްކިފައި ނުވާކަމަށެވެ.

ސުމޮންގެ މައްޗަށް ކުށް ސާބިތުވާތީ ވާރިސުންގެ ބަސް ނެގިއެވެ. އިސްލާމީ ޝަރީއަތުގައި ވާ ގޮތުން މަރަށް މަރުގެ އަދަބު ކަނޑައެޅޭނީ ހުރިހާ ވާރިސުން ގިސޯސް ހިފަން ބޭނުން ވާނަމަ އެވެ. ހުރިހާ ވާރިސުން ވެސް ބޭނުންވީ މަރަށް މަރަށް ހިފުމަށެވެ.

ރާއްޖޭގައި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް، މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރާތާ 60 އަހަރު ވެއްޖެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: