ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީގެ “ރޯދަ ސާފު” ޕްރޮގްރާމަށް ޝަރީފްގެ ތައުރީފް!

އެޗްޑީސީން ކުރިޔަށް ގެންދިޔަ ރޯދަ ސާފު ޕްރޮގްރާމުގައި ޝަރީފް ބައިވެރިވެޑައިގަންނަވަނީ/ ފޮޓީޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގެދޮރާއި، ދިރިއުޅޭ މާހައުލު ސާފުކުރުމުގައި ދިވެހިން ގެންގުޅުނު ރިވެތި އާދާކޮށް އަލާކުރުމަށް އިލްތިމާސްކޮށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ “ރޯދަ ސާފް” ހަރަކާތަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ތައުރީފު ކުރައްވައިފި އެވެ.

އެޗްޑީސީން އިންތިޒާމްކޮށްގެން ހުޅުމާޅެ ސާފުކުރުމަށްޓަކައި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި “ރޯދަ ސާފު” ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވައި ޝަރީފް ވިދާޅުވީ، މި ހަރަކާތަށް ހުރިހާ މުއައްސަސާއަކުން ވެސް ތަރުހީބު ދީ މަސައްކަތުގައި ބައިވެރިވުމަކީ، ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ޝަރީފް ވިދާޅުވީ “ރޯދަ ސާފު” ހަރަކާތަކީ ހަގީގަތުގައި ރަމްޒީ ހަރަކާތެއް ކަމަށާއި، އެހެން ނަމަވެސް އެ ހަރަކާތަކީ ރަމްޒީ ހަރަކާތަކަށްވުރެ ފުޅާ ވިސްނުމަކުން ވިސްނަންޖެހޭ ހަރަކާތެއް ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކޮންމެ މީހަކީވެސް ފަރުދީ ހައިސިއްޔަތުން އެ މީހަކު ދިރިއުޅޭ މާހައުލު ސާފު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތެއް ކަމަށާއި، އެހެން ކަމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންނާއި، ހުޅުމާލޭގައި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ފަރުދީ ހައިސިއްޔަތަކުން އެ ޒިންމާ ނަގައިގެން ނޫން ގޮތަކަށް މުޖްތަމައުގެ ދިރިއުޅޭ ވެށި ސާފުތަނަކަށް ނުހެދޭނެ ކަމަށެވެ.

“އެހެންވީމާ އަޅުގަނޑުމެން މިއަދު އަޒުމް ކަނޑައަޅަންވީ، މިތަނުގައި ތިބި ހުރިހާ މުއައްސަސާތަކަކާއި، ހުރިހާ ފަރާތްތަކުންވެސް އަޒުން ކަނޑައަޅަންވީ، މި ރަމްޒީ ޕްރޮގްރާމަކީ ރަމްޒެއްކަމުގައި ބެލި ނަމަވެސް ހަގީގަތުގައި އަޅުގަނޑުމެން ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކެން” ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސުކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް ދެއްވާ ތަރުހީބަކީ މުއައްސަސާތަކާއި، ކުންފުނިތައް އަދި އެހެނިހެން އިދާރާތަކުން ޝުކުރުވެރިކަމާއި އެކީގައި ބަލައިގަންނަ ކަމަށެވެ.

އަދި އެ ހަރަކާތުގައި ހުޅުމާލޭގެ ސުކޫލުތަކުން ބައިވެރިވެފައިވާތީ، އެ ސުކޫލުތަކުގެ ވެރިންނަށާއި، އެޑިއުކޭޝަން މިނިސްޓްރީއަށް ޝަރީފް ޝުކުރު އަދާ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: