ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓު ސަރަހައްދުގައި ޕްރީސްކޫލެއް، ހަ މަސް ތެރޭ ނިމޭނެ!

ހިޔާ ފްލެޓު ސަރަހައްދުގައި ޕްރީ ސްކޫލެއް އެޅުމަށް ބިންގާ އެޅުން/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް އިމާރާތް ކުރުމަށް ނިންމާފައިވާ ޕްރީސްކޫލް ހަ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާއަށް ހާއްސަކޮށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕްރީ ސްކޫލުގެ ބިންގާ މިއަދު ވަނީ އަޅާފަ އެވެ. މި މަސައްކަތް ހަ މަސް ދުވެހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައި ވަނީ އެސްޖޭ ކޮންޓްރަކްޝަނާއި އެވެ.

ރަސްމިއްޔާތުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި މީޑިއާތަކާއި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ މިއީ 24 ކްލާސްރޫމުގެ ސްކޫލެެއްކަމަށާއި އަހަރުގެ ފަހުކޮޅު ކިޔަވައިދިނުން ފެށޭނެ ކަމަށެވެ. އަދި ސްކޫލުގައި ކިޔަވާނެ އަދަދާއި ގުޅޭގޮތުން ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީންކަމަށް އާތިފް ވިދާޅުވި އެވެ.

އާތިފް އިތުރަށް ވިދާޅުވީ، މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތް ނިންމާ މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށެވެ.

ފޭސް ދޭއްގައި ޕްރީ ސްކޫލެއް ގާއިމު ކުރުމުގެ ބިންގާ އެޅިއިރު ހިޔާ ފްލެޓުތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަދަލުވާން ފަށާފަ އެވެ.

މިއަދު ހުޅުމާލޭގެ ހިޔާ ފްލެޓު ސަރަހައްދުގައި އެޅި ވަގުތީ މިސްކިތް ވެސް ވަނީ ހުޅުވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: