ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ އިނާޔަތް ނުލިބޭނަމަ މައްސަލަ ހުށަހަޅަން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހުގެ އިނާޔަތް ނުލިބޭނަމަ އެކަން ރިޕޯޓް ކުރުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެ އެވެ.

އެ އޮތޯރިޓީ އިން މިއަދު ބުނީ ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ނުލިބޭނަމަ އެ އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ. އެގޮތުން އޮތޯރިޓީގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން އޮންލައިންކޮށްވެސް މައްސަލަ ހުށަހެޅޭނެ ކަމަށާއި އަދި އެ އޮތޯރިޓީއަށް ގޮސްގެން ވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.

ރަމަޟާންމަސް ފެށޭއިރު ވަޒީފާގައި ތިބޭ ހުރިހާ ދިވެހި މުވައްޒަފުންނަށް ރަމަޟާންމަހުގެ އިނާޔަތް ހައްޤުވާނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން އެ އިނާޔަތް ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ރޯދަ އިނާޔަތާ ގުޅޭގޮތުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން މީގެ ކުރިން ނެރެފައިވާ އިއުލާނެއްގައިވެސް ވަނީ ރޯދަ އިނާޔަތް، ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިނުމަށް ހަނދާން ކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: