ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު މެނޭޖު ކުރީ ރައީސް ސޯލިހު، އިންތިމެން ބޭނުންވީ މައިމޫނާގެ ވެސް ބާރުތައް ނަގަން: ނިހާދު

ފޭދޫދާއިރާގެ މެމްބަރު މުހައްމަދު ނިހާދް: ފޮޓޯ/ މަޖްލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވެ އަރައިގަނެވުނީ ރައިސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސިޔާސަތުގެ ސަބަބުން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިޙާދު ވިދާޅުވެއްޖެެއެވެ.

ކޮވިޑުގެ ތޭރެގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރިއިރު ބައްޔާއި ދެކޮޅަށް ގިނަ ފިޔަވަޅުތައް އެޅި އެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއި، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުން ހިމެނެ އެވެ، އަދި އޭގެ އިތުރުން ބޭރު ގައުމުތަކުން ރާއްޖެ އެތެރެވެވޭނީ ކަރަންޓީނުގެ މުއްދަތެއް ހަމަކުރުމަށް ފަހުކަމަށް ނިންމުން ފާހަގަ ކުރެވެ އެވެ. އޭގެ އިތުރުން ވެސް ވަޒީފާ ގެއްލުނު ފަރާތްތަކަށް ދޫކުރި އެލަވެންސާއި، ވިޔަފާރިތަކަށް ލޯނުތައް ދޫކުރުން ފާހަގަ ކުރެވެ އެވެ.

ރާއްޖެއާއި އެހެން ގައުމުތަކާއި އޮންނަ ގުޅުމުގެ ދަށުން، އެ ގައުމުތަކުން ރާއްޖެއަށް ސިއްހީ ސާމާނުތައް ފޯރުކޮށްދިނެވެ. މީގެ އިތުރުން ބައްޔާއި ދެކޮޅަށް ތަފާތު އެކި ފިޔަވަޅުތައް އެޅީ، އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނަމުގައި ސެންޓަރެއް އުފައްދައި އޭގެ ދަށުންނެވެ.

ކޮވިޑު މެނޭޖު ކުރުމުގައި މުހިންމު ނިންމުންތައް ނިންމީ ކޮން ބޭފުޅަކާއި މެދު ސުވާލުތައް އުފައްދައި ބަހުސްތައް ކުރީ އަވައްޓެރި ލަންކާ ބަނގުރޫޓުވާ ހާލަތަކަށް ގޮސް ގައުމުގެ އިގްތިސާދު އިނދަ ޖެހިފައިވުމަށް އިޝާރާތް ކުރުމުގެ ތެރެއިންނެވެ. މަޖިލީހުގައި ބައެއް މެމްބަރުން ވަނީ ލަންކާއަށް ދިމާވި ހާލަތު، ރާއްޖެއަށް ދިމާ ނުވެ ސަލާމަތްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމު ބަންދު ކުރުމާއި ދެކޮޅު ހަދައި ރާއްޖޭގެ ރަށްތަކަށް ކާބޯތަކެތީ ފޯރުކޮށްދެވޭތޯ ޔަގީން ކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

ނަަމަވެސް މަޖިލީހުގައި ތިއްބެވި ރައީސް ސޯލިހާއި އަރިސް މެމްބަރުން ވަނީ އެކަމުގެ ކްރެޑިޓު އިތުރު އެއްވެސް ބޭފުޅަކަށް ނުނެގޭނެކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.

މި މައުޟޫއަށް ސަންގުޓީވީގެ ”ޚަބަރަށް ފަހު“ ޕްރޮގރާމުގައި ނިހާދު ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު ރަނގަޅު ވުމުގެ ސަބަބުން ހުރިހާ ގައުމަކުން ވެސް ކޮވިޑުގެ ހާލަތުގެއި ދިވެހިރާޖެއަށް އެހީތެރިކަން ފޯރުކޮއްދިން ކަމަށެވެ. އަދި ރައިސް ސޯލިހްގެ ހާރިޖީ ސިޔާސަތު ރަނގަޅު ވުމަކީ ސަރުކާރައް ލިބިފައިވާ ވަރަށް ބޮޑު ފައިދާއެއްގެ ގޮތުގައި ނިހާދު ފާހަގަ ކުރެއްވިއެވެ.

ނިހާދު ވިދާޅުވީ ދިވެހި ސިއްހީ ދާއިރާއިން ރައީސަށް އަރުވަމުން ދިޔަ ލަފާ ގަބޫލުކޮށް އެގޮތުގެ މަތިން އަމަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ގިނަ ބަޔަކަށް ވެކްސިން ޖެހުނު ގައުމަކަށް ރާއްޖެ ވެގެން ދިޔަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގައި ކޮވިޑް މެނޭޖް ކުރެވިގެން ދިޔަކަމަށެވެ. ހަތަރު މަސް ދުވަސް ތެރޭގައި ގައުމު ހުޅުވާލައި ވިޔަފާރީގެ ކަން ކަން ކުރިޔަށް ގެންދެވޭނެ މާހަައުލެއް ގާއިމު ކުރެވުނީ ވެސް ރައީސްގެ ސިޔާސަތުގެ ސަބަބުން ކަމަށް ނިހާދު ވިދާޅުވި އެވެ.

މަޖިލީހުގައި މި މައުޟޫއަށް ބަހުސް ކުރުމުގެ ވެސް ބޭނުމެއް ނެތްކަމަށް ފާހަގަކުރައްވައި ނިހާދު ވިދާޅުވީ، މިއަދު ކޮވިޑު މެނޭޖު ކުރީ ވަކި ބޭފުޅެއްކަމަށް ބުނެ ވާހަކަ ދައްކާއިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މެންފަދަ ބޭފުޅުންނަކީ ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ބާރުތައް ވެސް ނަގަން ގޮވާލައި ވާހަކަ ދެއްކެވި ބޭފުޅުން ކަމަށެވެ. އަދި މައުމޫނާ މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ވެސް އިންތިގެ ފެކްޝަނުގެ ބޭފުޅުން ހަޑިކޮށް މުއާމަލާތް ވެސް ކުރެއްވި ކަމަށެވެ.

އެހެން ކަމުން އެބޭފުޅުން ކޮވިޑު މެނޭޖު ކުރުމާއި، މަސައްކަތް ކުރިޔަށް ދިޔަ ގޮތާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ސިއްހީ އިދާރާތްތަކުން ދިން ހުރިހާ ލަފައަކާއި އެއްގޮތަށް އަމަލު ކުރައްވައި، ރައީސް ސޯލިހު ކޮންމެ ދުވަހަކު ވެސް ބައްދަލުވުންތައް ކުރިޔަށް ގެންދެވިކަަމަށް ނިހާދު ވިދާޅުވި އެވެ. އެއަށް ފަހު ދެން އޭނާ އިޝާރާތް ކުރެއްވީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމްގެ މަސައްކަތްތަކަށެވެ.

ކޮވިޑް މެނޭޖް ކުރުމުގައި ރައިސުލްޖުމުހޫރިއްޔާގެ ސިޔާސަތެއްގެ ގޮތުގައި ވެގެން ދިޔައީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން ފަދަ ކަމާބެހޭ ފަރާތްތައް އަދި ދިވެހިރާއްޖޭގެ ސިއްހީ މާހިރުން އަރުވަމުން ދިޔަ ލަފާއާއި އެއްގޮތައް ކަންކަން ކުރުންކަން ނިހާދު ފާހަގަ ކުރެއްވިއެވެ. މިގޮތުގެ މަތިން ދުވާލަކު ދެފަހަރަށްވެސް ރައިސް ސާލިހް، ސިއްހީ ދާއިރާގެ އިސް ބޭފުޅުންގެ ލަފާ ހޯއްދެވުމައްޓަކައި ބައްދަލް ކުރެެއްވިކަންވެސް ނިހާދް ފާހަގަ ކުރެއްވިއެވެ. އަދި ރައިސް ސޯލިހްގެ ސިޔާސަތު ތަންފީޒްކޮށް ބެލެހެެއްޓުމުގައި އެންމެ އިސްކޮށް އުޅުއްވިކަމަށް ނިޙާދް ފާހަގަ ކުރެެއްވީ ރައީސް ސޯލިހް ގެ ކެބިނެޓްގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރްއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: