އެސްޓީއޯއިން އިން ވިއްކާ ލުނބޯ އަދިވެސް ހެޔޮ އަގުގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ލުނބޯ ކިލޯއެއް މިހާރު ވިއްކަނީ 45 ރުފިޔާއަށެވެ. އެތަނުން ކޮންމެ މީހަކަށް ވިއްކަނީ ލުނބޯ ކިލޯއެކެވެ. އެހެންނަމަވެސް އެސްޓީއޯ އެގްރިސެންޓަރުން މީހަކަށް ތިން ކިލޯގެ ރޭޓުން ލުނބޯ ވިއްކާނެއެވެ.
އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް ލުނބޯ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

