ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔާދުގެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ހައިކޯޓުގައި ފަށަނީ!

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު/ ފޮޓޯ : އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުށް ސާބިތު ނުވި މަސައްލައިގެ އިސްތިއުނާފް މާދަމާ ހައިކޯޓުގައި ފެށުމަށް ނިންމައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އެންޓި ކޮރަޕްޝަންގެ ތަހުގީގަށް ސާބިތުވުމުންނެވެ. ހިޔާނާތަށް މަގުފައިވާ ގޮތަށް އަމަލު ކުރިކަަމަށް ބުނާ މި މައްސަލައިގައި ޒިޔާދާއި އެކު އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލި އެވެ.

ޒިޔާދުގެ މައްޗަށް އުފުލި ދައުވާގައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކުރިކަމަށް ބުނެއެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި، ޒިކުރާ މިސްކިތުގެ މައްސަލާގައި ނާޖާއިދު ފައިދާއެއް ހޯދަން މަސައްކަތް ކޮށްދީފައިވާ މައްސަލައާ ގުޅިގެންނެވެ. މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޒިޔާދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ.

މީގެ ކުރީގައި މި މައްސަލަ އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ، ކްރިމިނަލް ކޯޓުގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހޭތީ ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާކަމަށާއި، ލިޔެކިއުންތައް ހުށަހަޅާނެ ކަމުގައެވެ.

އެ މައްސަލަ ދަައުލަތުން އިސްތިއުނާފް ކުރުމުން މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 9:45 ގައެވެ.

ސައީދުގެ މައްޗަށް ވެސް އެ މައްސަލާގައި ބައިވެރިވެފައިވާކަމަށް ދައުވާކުރެވިފައިވީ ނަމަވެސް އެބޭފުޅާގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަައެވެ. ނަމަވެސް މިކަމާއި ބެހޭ އެއްވެސް ޝަރީއަތެއް ހައި ކޯޓުގައި އަދި ތާވަލް ކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މި ދައުވާއަކީ ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާއެއް ކަމަށް އިދިކޮޅު ކޯލިޝަނުގެ ފަރާތުން އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: