ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔާދުގެ މައްސަލަ މި ހަފްތާގައި އިސްތިއުނާފަށް ހުށަހަޅާނެ!

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު/ ފޮޓޯ : އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ދަށު ކޯޓުގައި ސާބިތުނުވުމުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އެންޓި ކޮރަޕްޝަންގެ ތަހުގީގަށް ސާބިތުވުމުންނެވެ. ހިޔާނާތަށް މަގުފައިވާ ގޮތަށް އަމަލު ކުރިކަަމަށް ބުނާ މި މައްސަލައިގައި ޒިޔާދާއި އެކު އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލި އެވެ. މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޒިޔާދާއި ސައީދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމާއި ގުޅޭގޮތުން ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހޭތީ ހައިކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމައި މި ހަފްތާގެ ތެރޭގައި ލިޔެކިއުންތައް ހުށަހަޅާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ ހުކުމް އައިސްފައިވާ ގޮތުން ދޭހަވަނީ ރާއްޖޭގައި އޮންނަން ވާނީ އޮޑިޓާރ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީ ކަމަށެވެ. އެ ނޫންތަނެއް އޮތުމުގެ ބޭނުމެއް ނެތްކަމަށް ދޭހަވާ މޭރުމަކުން ހުކުމް އޮތްކަމަށް ވިދާޅުވެ ޝަމީމް ވަނީ އެއީ ހަމަޖެހޭ އުސޫލެއް ނޫންކަން ފާހަގަ ކުރައްވާފަ އެވެ. އަދި އެއީ ގާނޫނުތަކާއި ގާނޫނު އަސާސީ ތަސައްވަރުކޮށްފައި އޮތް ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ އުފުލީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކުރިކަމަށް ބުނެ އެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި ޒިކުރާ މިސްކިތުގެ މައްސަލާގައި ނާޖާއިދު ފައިދާއެއް ހޯދަން މަސައްކަތް ކޮށްދީފައިވާ މައްސަލައާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: