ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޖޭގެ “އެސްޖޭ ނޯވް ރެސިޑެންސް” ވިއްކަން ހުޅުވާލައިފި

"އެސްޖޭ ނޯވް ރެސިޑެންސް"
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޖޭ ކޮންސްޓްރަކްޝަންއިން ހުޅުމާލެ ފޭސް އެކެއްގައި ތަރައްގީ ކުރާ ކޮންޑޯމީނިއަމް ”އެސްޖޭ ނޯވް“ އިން އެޕާޓްމަންޓް ބުކިން ހެއްދުމުގެ ފުރުސަތު މިއަދު ހުޅުވާލާފިއެވެ.

އެސްޖޭއިން އެ ކުންފުނީގެ ”އެސްޖޭ ނޯވް ރެސިޑެންސް“ އެޕާޓުމެންޓުތަކާއި ގުޅޭގޮތުން މައުލޫމާތު ދިން ގޮތުގައި މި ކޮންޑޯމީނިއަމް އަޅަނީ ހުޅުމާލޭ ފޭސް އެކެއްގެ އެންމެ ހިތްފަސޭހަ ސަރަހައްދު ކަމުގައިވާ ހުޅުމާލޭ އިރުމަތީ ޗެނަލް ބްރިޖު ކައިރި ކުރެދިމާ ހިގުމާއި ހަނދުވަރީ ހިނގުމާއި ދެމެދުގައެވެ. ތިން މަގަށް ވާގޮތަށް އިމާރާތް ކުރާ މި ކޮންޑޯމިނިއަމަށް ދެ ފޭސް ގުޅާލާ ޗެނެލްގެ އިތުރުން އިރުއޮއްސޭ މަންޒަރު ފެންނާނެއެވެ. އަދި އިމާރާތާއި ފަންސާހަކަ ފޫޓް ކާރީގައި މިސްކިތަކާއި ކުޑަކުދިންގެ ޕާކެއް ހުރެއެވެ.

“އެސްޖޭ ނޯވް ރެސިޑެންސް”

މިހާރުވެސް މަތީ ފަންތީގެ އެޕާޓްމަންޓްތަކާއި ސޯޝަލް ހައުސިންގެ 500 އެއްހާ ހައުސިންގެ މަސައްކަތް ކުރަމުން ދާ އެސްޖޭއިން މައުލޫމާތު ދިން ގޮތުގައި ކޮންޑޯގައި ތިން ކެޓަގަރީއެއްގެ އެޕާޓްމަންޓް ހުންނާނެއެވެ. އެއީ ޓެޕިކަލް އެޕާޓްމަންޓާއި ޑިލަކްސް އެޕާޓްމަންޓްގެ އިތުރުން ޕެންޓް ހައުސްއެވެ. ޓެޕިކަލް އެޕާޓްމަންޓާއި ޑިލަކްސް އެޕާޓްމަންޓުތަކުގެ އަގު އުޅެނީ 2.4 މިލިއަނާއި 5 މިލިއަނާއި ދެމެދުގައެވެ. އަދި ޕެންޓް ހައުސް ހުރީ ހަތް މިލިއަނާއި ނުވަ މިލިއަނާއި ދެމެދުގައެވެ.

“އެސްޖޭ ނޯވް ރެސިޑެންސް”

މި ކޮންޑޯގައި ފަނަރަ ސަތޭކަ އަކަފޫޓްގެ އިންފިނިޓީ ޕޫލަކާއި ކިޑްސް ޕޫލެއްގެ އިތުރުން ޖަކޫޒީ ޕޫލްއެއްވެސް ހުންނާއެވެ. އަދި އަށާރަސަތޭކަ އަކަފޫޓްގެ ތަނަވަސް ޖިމަކާއި އެއްފަހަރާ ސަތޭކަ މީހުންނަށް ހިދުމަތް ދެވޭ އިވެންޓް ހޯލެއްގެ އިތުރުން ބާބިކިޔު ހަދާނެ ސަރަހައްދުތަކާއި ކޮންވީނިއަންޓް ސްޓޯރާއި ކުޑަކުދިން ކުޅިވަރު ކުޅޭނެ ސަރަހައްދުތައް ވެސް މި ކޮންޑޯގައި ހުންނާނެ ކަމަށް އެސްޖޭއިން މައުލޫމާތުދެއެވެ. އަދި އިމާރާތުގެ ބޭސްމަންޓްގައި 43 ކާރު ޕާކު ކުރެވޭނެ ޖާގަ ވަނީ ހިމަނާފައެވެ.

މީގެ އިތުރުން އިމާރާތުގެ ފުރަތަމަ ފަންގިފިލާ ބޮޑުބައެއް މޮޓޯސައިކަލް ޕާކް ކުރުމަށް ހާއްސަކުރެވިފައިވާއިރު ކޮންމެ އެޕާޓްމަންޓަކާއި އެކު ހިލޭ މޮޓޯސައިކަލް ޕާކްކުރާނެ ދެ ޖާގަ ލިބިގެންދާނެއެވެ.

“އެސްޖޭ ނޯވް ރެސިޑެންސް”
“އެސްޖޭ ނޯވް ރެސިޑެންސް”

އެސްޖޭ ނޯވްގައި ގިނަ ޑިޒައިން ތަކެއްގެ އެޕާޓްމަންޓް އެކުލެވިގެން ވެއެވެ. އޭގެ ތެރޭގައި:

  • ދެކޮޓަރީގެ އެޕާޓްމަންޓް
  • ދެ ކޮޓަރި އަދި މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓް
  • ތިން ކޮޓަރީގެ އެޕާޓްމަންޓް
  • ތިން ކޮޓަރި އަދި މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓް
  • ހަތަރު ކޮޓަރިޔާއި މެއިޑް ރޫމް ހިމެނޭ އެޕާޓްމަންޓް

އެސްޖޭ ނޯވް އިން އެޕާޓްމަންޓް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން އެކުންފުނީގެ ވެބްސައިޓް sjgroup.mv މެދުވެރިކޮށް އެޕާޓްމަންޓް ބައްލަވާގަތުމަށް ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ. އަދި ވެބްސައިޓްއިން އިމާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

“އެސްޖޭ ނޯވް ރެސިޑެންސް”

އެސްޖޭއިން މިހާރު ވެސް ވަނީ އެސްޖޭ ކުރީކް ނަމުގައި މިފަދަ 115 އެޕާޓްމަންޓް ހިމެނޭ އިމާރާތެއްގެ މަސައްކަތް ކުރަމުންނެވެ. ކުންފުނިން ބުނީ އެ އިމާރާތުގެ ހުރިހާ އެޕާޓްމަންޓަކަށް ހުޅުވާލިތާ ހަފްތާއެއް ނުވަނީސް އެއްކޮށް ބުކްވި ކަމަށެވެ. އެސްޖޭއިން ބުނީ އިމާރާތުގެ 70 އިންސައްތައަށް ވުރެ ބޮޑުބައިގެ މަސައްކަތް ނިމިފައިވާކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 19%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 5%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: