ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނާއިއެކު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ތިނަދޫގައި ބޭއްވި ބައްދަލުވުން ހޫނުވެއްޖެ

އިގްތިސާދީ ކޮމިޓީން މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމުގެ ގޮތުން، ކަންބޮޑުވުންތައް އަޑުއަހައި މަޝްވަރާ ކުރުމަށް ގދ. ތިނަދޫގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ބޭއްވި ބައްދަލުވުން ހޫނުވެއްޖެ އެވެ.

ދެކުނުގައި އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެގެން އައި ދުވަސްވަރު މަސް ކުންފުނި މިފްކޯއިން މަސް ކިރާ މިންވަރު 05 ޓަނަށް ލިމިޓު ކުރުމުން އެ މައްސަލަ ގޯސްވެ ކޫއްޑޫގައި އިހުތިޖާޖުތަކެއް ވެސް ކުރި އެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާތައް އިތުރުވެ، ބާނާ މަސް ކުނިވެ ހަލާކުވެ ދާއިރު ވެސް ނުކުރޭކަމުގެ ކަންބޮޑުވުންތަކާއި އެކު ސަރުކާރުން ކިއުގައި މަޑުކޮށްގެން އޮތް ހުރިހާ ދޯންޏަކަށް ވެސް މަސް ކިރޭނެ އިންތިޒާމު ހަމަޖެއްސި އެވެ. ނަމަވެސް އޭގެ ފަހުން މިފްކޯއިން އަނެއްކާވެސް ވަނީ މަސް ކިރާ އަދަދު 07 ޓަނަށް ލިމިޓުކޮށްފަ އެވެ.

ޝަކުވާތައް އިތުރުވެފައިވަނިކޮށް، އިގްތިސާދީ ކޮމިޓީން ގެންދިޔަ ބައްދަލުވުން ހޫނުވެ ސޯޝަލް މީޑިއާގައި ބައެއް ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ.

މަސްވެރިންގެ ގިނަ އަދަދެއްގެ ޝަކުވާ ހުށައެޅިގެން ދިޔަ މި ބައްދަލުވުމުގައި ބައިވެރިވި ބައެއް މަސްވެރިން ވަނީ އިގްތިސާދީ ކޮމެޓީގެ މެމްބަރުން ދެއްކި ބައެއް ވާހަކަތަކަށް ރުޅިވެރިކަމާއެކު ރައްދު ދީފައެވެ. އެގޮތުން މަސްވެރިއަކު ވަނީ މިފްކޯގެ ކެޕޭސިޓީ ބޮޑުކުރާ ވާހަކަ ދެއްކެވުމުން މިއީ އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާނެ ވާހަކަތައްކަމުގައި ބުނެފައެެވެ.

ބައްދަލުވުމުގައި މަސްވެރިން ފާޙަގަކޮށްފައިވަނީ މަސްވެރިކަމުގެ ސިނާޔަތަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭކަމަށާއި، އެހެންކަމުން އެބޭފުޅުން ބޭނުންވަނީ އަމިއްލަ ކުންފުނި ހަދައިގެން ވިޔަފާރި ކުރެވޭނެ ގޮތެއްކަމުގައެވެ.

ނަމަވެސް މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ފަރާތުން ވަނީ މަސް ގަންނަ މިންވަރު އިތުރުކުރުމަށާއި، ފިނިކޮށްފައި މަސް ބެހެއްޓޭނެ ޖާގަ އިތުރުކުރުމަށްޓަކައި މަޝްރޫއުތަކެއް ފަށާފައެވެ. އަދި ކޫއްޑޫ ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާ މައްސަލަތަށް ހައްލު ކުރުމުގެ ގޮތުން ފަޅުގެ ޖާގަ ބޮޑުުރުމާއި، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރަން ނިންމާފައިވާކަމުގައިވެސް މިފްކޯއިން ވަނީ ބުނެފައެވެ. އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމުގެ އިތުރުން، ކެނެރީއަކާއި މުޅިން އާ ކޯލްޑް ސްޓޫރޭޖްތަކެއް ގާއިމްކުރުންވެސް ވަނީ މި މަޝްރޫއުގެ ތެރޭގައި ހިމަނާފައެވެ. އަދި މީގެ އިތުރަށްވެސް މިފްކޯއިން ވަނީ ތަނުގެ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރާވާފައެވެ.

ސަރުކާރުގެ ފަރާތުންވެސް މައުލޫމާތު ދީ ބުނެފައިވަނީ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތް ގިނަ ރަށްތަކެއްގައި ކުރިއަށްދާކަމަށެވެ. މިގޮތުން ކޫއްޑޫ ފެސިލިޓީގައިވެސް މި މަސައްކަތް ކުރިއަށްދާކަމުގައި ފާހަގަ ކުރައްވާ ސަރުކާރުން ވިދާޅުވެފައިވަނީ، ގއ ކޫއްޑޫގައި މިހާރު ގާއިމްކުރެވިފައިވާ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ފެސިލިޓީ، މި މަޝްރޫއުގެ ދަށުން 4000 މެޓްރިކް ޓަނުގެ ސްޓޯރޭޖަކަށް އަޕްގްރޭޑް ކުރެވިގެންދާނެކަމުގައެވެ. އަލަށް ކޯލްޑް ސްޓޯރޭޖް ހަދާ ރަށްތަކުގެ ތެރޭގައި ކަނޑުއޮތްގިރި ހިމެނެއެވެ. ކަނޑުއޮތްގިރީގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.

ނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހުރި މަސް ފެކްޓްރީތައް އަޕްގްރޭޓު ކުރުމަށް ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކޮށްލެވެއެވެ. މިއީ ވަކި ވެރިއެއް، ވަކި ސަރުކާރެއް ނެތި އެންމެން ވެސް ޒިންމާ ނަގަން ޖެހޭނެ މައްސަލައެކެވެ.

މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކާއި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ފަދަ ކުންފުނިތަކުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކޮށްފައިވާ ފަރާތްތަކުން ބައިވެރިވެފައިވާ މި ބައްދަލުވުމުގައި މަޖިލީހުގެ ކޮމިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންފާ ވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީގެ އިތުރަށް، ކޮމިޓީގެ މުގައްރިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނާޒިލްއާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: