ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުން ހުއްދަ ނުނަގައި ހިތަދޫ އެއްގަމާއި މޫދު ކޮނެ، އާނުގަނޑު ހަލާކުކޮށްލި މައްސަލަ ބަލަނީ!

މަސައްކަތް ކުރަން ސިޓީ ކައުންސިލުން ނަގަން ޖެހޭ އެއްވެސް ހުއްދައެއް ނުނަގާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ (އީޕީއޭ) ހުއްދައާއި ނުލާ އައްޑޫ ސިޓީގައި ކޮށްފައިވާ މަސައްކަތްތަކެއް އެ އެޖެންސީން ބަލަން ފަށައިފިއެވެ.

އައްޑޫ ހިތަދޫ ކޮނިކޮޅު ދެކުނު އޮތް ސަރަހައްދުގެ އެއްގަމާއި، މޫދު ކޮނެ ހޭޅުފަށުން ގަސްތައް ނެގައި އެހިސާބުގެ އާނުގަނޑު ނަގައި ހަލާކުކޮށްލި މައްސަލައެއް އީޕީއޭއިން ބަލަން ފެށީ އަމިއްލަ އިސްނެގުމަށެވެ. މައްސަލަ ފާހަގަކޮށް، އައްޑޫ މޭޔަރު އަލީ ނިޒާރަށް އެޑްރެސް ކުރައްވައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ފޮނުވި ސިޓީގައި ވަނީ މަސައްކަތުގެ ތަފްސީލާއި، އެކަން ކުރި ތާރީހު އަދި މަސައްކަތުގައި އިސްކޮށް ޝާމިލުވާ މީހުންގެ ތަފްސީލު މި މަހުގެ 27 ގެ ކުރިން ފޮނުވުމަށް އަންގާ ކަމަށެވެ.

މައްސަލަ ފެންމަތިވުމުން ނިޒާރު ވިދާޅުވީ، މަސައްކަތް ކުރިޔަށް ގެންދިއުމަށް އީޕީއޭގެ ހުއްދަ ނުނެގީ އެ ސަރަހައްދުގައި ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކަކީ އެފަދަ ހުއްދައެއް ބޭނުންވާވަރުގެ މަސައްކަތެއް ކަމަށް ފާހަގަ ނުކުރެވޭތީ ކަމަށެވެ.

ނަމަވެސް ނައީމް ވިދާޅުވީ ތިމާވެށީގެ ކަންކަމުގައި ހުއްދަ ބޭނުންވޭތޯ ނުވަތަނޫންތޯ ނިންމާނީ ކައުންސިލުން ނޫންކަމަށާއި އެފަދަ މަސައްކަތްތަކެއް ކުރާއިރު ކަންކުރަންވީ ގޮތާއި ހުއްދަ ހޯދަންޖެހޭ ގޮތް ލިޔެފައިވާނެކަަމަށެވެ. އަދި އީޕީއޭއަށް މިކަންތައްތައް މިގޮތަށް ހުށައެޅުމުން ގަވާއިދުގެ ދަށުން ކަން ކުރައްވާނީ އީޕީއޭއިންކަމުގައި ނައީމް ފާހަގަ ކުރައްވި އެވެ. އަދި އެއްވެސް އޮޅުމެއް އޮތްނަމަ އެންމެ ރަނގަޅު ގޮތުގައި ސުވާލުކޮށް ސާފު ކުރުންކަމަށް ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ ހިތަދޫ ގޮނޑުދޮށް ސަރަހައްދުން ހަލާކު ކުރިކަމަށް ބުނާ ސަރަހައްދަށް އީޕީއޭއިން ގޮސް ބެލުމުން ފެނިގެން ދިޔައީ ބިމާއި މޫދު ކޮނެ، ޕޮންޑް ހަދައި، ރުއްގަސް ކެނޑުމުގެ އިތުރުން އާނުގަނޑު ނަގާފައި ހުރި ތަން ކަމަށެވެ. ނައީމް ވިދާޅުވީ މިކަމާއި މެދު ފިޔަޅެއް އަޅުންވާނެކަން ނުވަތަ ނޫންކަން އެގިގެންދާނީ މައްސަލަ ބައްލަވާ ނިންމެވުމަށްފަހު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: