ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ކުރެވޭ ސާފު ޗެއަރޕާސަން އެއް އެމްޑީޕީގައި ހުރުމަކީ މުހިއްމު ކަމެއް: ވައްޑޭ

ލ. ގަން އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރު ކުރެވޭ ސާފު ޗެއަޕާސަނެއް އެމްޑީޕީގައި ހުރުމަކީ މުހިއްމު ކަމެއް ކަމުގައި ޗެއާޕާސަން ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ތަރުޖަމާނު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީގެ އެތެރޭގައި އުފެދިފައިވާ ބޮޑެތި ދެބައިވުންތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުނެވެ. ފާޑުކިއުންތަކާއި އަދި ސަރުކާރާއި ދެކޮޅު ވާހަކަތައް ދައްކައި އެއް މެމްބަރު އަނެއް މެމްބަރަށް ބޮޑެތި ކުށްތަކުގެ ތުހުމަތު ވެސް ކޮށްފައި ވެއެވެ. އިންތިހާބަށް ސަރުކާރުން ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އޭނާގެ ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތަކެއް ނުވަތަ އެހީތަކެއް ބޭނުން ނުކުރާކަމަށް ވިދާޅުވެފަ އެވެ.

އިންތިގެ ތަރުޖަމާނު ވަހީދު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވިދާޅުވީ، ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ތައާރަފުވީ ފަހުން އެންމެ ކާމިޔާބު ޕާޓީއަކީ އެމްޑީޕީކަމަށެވެ. އިންތިހާބުތައް ކާމިޔާބު ކުރުމުގައި އެމްޑީޕީ ނަމޫނާ ދައްކާކަން ފާހަގަ ކުރައްވައި ވަހީދު ވިދާޅުވީ އެމްޑީޕީން ދެ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީސް ކާމިޔާބު ކުރީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ. އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިިހާބާއި، ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަބަދުވެސް ކުރިޔަށް ދަނީ ވަރަށް ފޯރިއާއި އެކުކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އިންތިހާބީ އޮފިޝަލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބިިރު އެ އެންމެނަށް ވެސް ރައްޔިތުން ފުރިހަމަ އިތުބާރު ކުރާކަން ފާހަގަކޮށް ވަަހީދު ވިދާޅުވީ އެ އިތުބާރު ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެފަދަ މީހުންނަށް ކާމިޔާބުވިޔަ ނުދީ ސިޔާސީ މައިދާނަށް އޮތް އިތުބާރު ހިފެހެއްޓުމަށް ސާފު ނަޒާހަތްތެރި ތެދުވެރި މީހުން ނިކުންނަން ޖެހޭކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އިމްތިޔާޒް ފަހުމީ އަކީ ދިވެހި ރާއްޖޭގައި ސިޔާސީ މަސައްކަތުގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންގެ ތެރެއިން އެންމެ ސާފު، އެންމެ ނަޒާހާތްތެރި އެންމެ ވަފާތެރި، އެންމެ ތެދުވެރި އެއް ބޭފުޅާ ކަމުގައި ވަހީދު ވިދާޅުވިއެވެ.ވުމާއެކު މުޅި މުސްތަގުބަލު ސާފުކުރުމަށް ޕާޓީގެ އިތުބާރު ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ 2023 އާއި 2028 ލިބޭނީ އިތުބާރު ކުރެވޭ ސާފު ކެންޑިޑޭޓަކު، އިތުބާރު ކުރެވޭ ސާފު ޗެއަރޕާސަން އަކު އެމްޑީޕީގައި ހުރެގެން ކަމަށެވެ. އިންތިގެ ކެމްޕޭން ފޯރީގައި ކުރިއަށް ދާ ކަން ހާމަ ކުރައްވައި ކުރިއަށް ރޭވިފައިވާ ދަތުރުތަކުގެ މައުލޫމާތު ވަހީދު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާތަނަށް 149 ރަށަކަށް ކެމްޕޭން ޓީމުގެ ފަރާތުން ވަނީ ޒިޔާރަތް ކުރެވިފައި ކަމުގައި ވިދާޅުވިއެވެ.

އިންތިހާބާއި ބެހޭ ކޮމިޓީ އަށް ހުށައެޅުނު 22 ކަމުގެ ތެރެއިން 08 ކަމަކީ ދިވެހި ރާއްޖޭގައި މިހާރުވެސް ގައުމީ އިންތިހާބުތަކުގައި އަމަލުކުރާ އުސޫލު ކަމުގައި ވަހީދު ވިދާޅުވިއެވެ. އޭގެ ބޭނުމަކީ އިންތިހާބުތައް ސައްހަކަން ކަށަވަރު ކުރުން ކަމުގައި ވައްޑެ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މެއި 14 ވަނަ ދުވަހު ބޭއްވޭ ޗެއަރޕާސަން އިންތިހާބާއި އެކު ދެން ބާއްވާ އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގެ ވޯޓް ކަރުދާސް ކޮންމެ އިންތިހާބީ މަގާމަކަށް ވަކި ވަކި ކަރުދާސް ކޮޅު އޮންނަން ވާނެ ކަމަށެވެ. އަދި ވޯޓްލީ މީހުންގެ ލިސްޓާއި ބާކީ ހުރި ވޯޓް ކަރުދާސްތައް ސިޓީ އުރައެއްގައި  ބަންދުކޮށް ސީލް ޖަހައި އެ ސީލްގައި ސޮއިކޮށްފައި އޮތުމާއި ވޯޓްގެ ނަތީޖާ ޝީޓް ވަކި ސިޓީއުރައެއްގައި ބަންދުކޮށް ސީލް ޖަހައި އެސީލްގައި ސޮއިކޮށްފައި އޮންނަންވާނެ ކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: