އެސްޓީއޯގެ ފަރާތުން ހިންގާ ”އުފަންވާ ކޮންމެކުއްޖަކަށް ހަދިޔާއެއް“ މި ކެމްޕެއިންތެރެއިން އިއްޔެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހަދިޔާ ދޭން ފަށައިފިއެވެ.
އެސްޓީއޯއިން މައުލޫމާތުދިން ގޮތުގައި މި ކެމްޕެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވުމަށްވަނީ ހަމަޖަޖައްސަވާފައެވެ. އެގޮތުން ޏ. ފުވައްމުލަކުގައިވެސް އެސްޓީއޯ ސްޓޭޓް ޓްރޭނިންގް އޯގަނައިޒޭޝަންގެ ފަރާތުން އިއްޔެ މި ކެމްޕެއިން ވަނީ ފަށާފައެވެ.
އައިޖީއެމްއެޗްގައި އުފަންވާ ކޮންމެކުއްޖަކަށް އެސްޓީއޯއިން ހަދިޔާއެއް ދޭން ފެށީ 2021 ވަނަ އަހަރުގެ ޖެނުވަރީ 1 ގައެވެ.
އެސްޓީއީގެ ފަރާތުން ދޭ މިހަދިޔާގައި ހިމެނެނީ ހެމްޕާ ހަގީ ނެޕީ ޕެކެޓާއި ވެޓް ވައިޕްސް ފައިން ޓިޝޫއާއި ޑެވެންޑަލް މިލްކް ޕެކެޓެކެވެ.
ރާއްޖޭގެ ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެކުއްޖަކަށް ދައުލަތުގެ ފަރާތުން ހަދިޔާއެއް ދިނުމަކީ މި ސަރުކާރުގެ ވަޢުދުގެތެރޭގައި ހިނޭކަމެކެވެ.

